English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގާނޫނީ ފިޔަވަޅު އެޅުން ނޫންގޮތެއް ނެތް ކަމަށް މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތް މައްސަލައާ އެކު މަޖިލީހުގެ ޖަލްސާތައް ހޫނުވެ މަޖިލީހުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިކަމާ ގުޅިގެން މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ޝަރީފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މަޖިލިސް ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނަމަށް ނަޝީދުގެ މައްޗަށް ދައުވާކޮށް ގާނޫނީ ފިޔަވަޅު އެޅުން ނޫންގޮތެއް ނެތް ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މިހާރު ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާ ހަސަން އަފީފް ވެސް މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ގަސްތެއް ނުކުރައްވާ ކަމަށާއި އެކަން ކުރުމުގެ ނިޔަތެއް ވެސް ނެތް ކަަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިއަށް ނުގެންދެވިގެން މިއަދުވެސް ވަނީ ޖަލްސާ މެދުކަނޑާލާފައެވެ.