ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ ޢަދަދު 100އަށް
ކޮވިޑް 19 ގައި ރާއްޖެއިން މަރުވި މީހުންގެ ޢަދަދު 100 އަށް އަރައިފިއެވެ. މިއަދު ފަތިހު 4.41 ގައި ނިޔާވި 100 ވަނަ މީހާއަކީ ޑީއެޗް 11 ގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.މިއީ ޢުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއީ ކޮވިޑް-19އަށް ފަރުވާކުރަމުންދަނިކޮށް މިއަދު ނިޔާވި ދެވަނަ މީހާއެވެ.
މިއަދު ފުރަތަމަ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ އުމުރުން 64 އަހަރުގެ ފިރިހެނެކެވެ.
އޭނާ މަރުވެފައިވަނީ ދަންވަރު 00:14 ގައެވެ. އަދި މިހާތަނަށް ކޮވިޑްބަލީގައި 100 މީހުން މިދުނިޔެ ދޫކޮށްފައިވާއިރު އިއްޔެވެސް ވަނީ 4 މީހަކު ނިޔާވެފައެވެ. މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑް ފެތުރޭ ނިސްބަތްވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. ކޮންމެ ދުވަހަކު 1000 ން މަތީގައި ޕޮޒިޓިވް ވާ މީހުންގެ އަދަދު އޮންނައިރު މިބަލީގައި ކޮންމެ ދުވަހަކުވެސް ދަނީ މީހުން ނިޔާވަމުންނެވެ.