English Edition
Dhivehi Edition

ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު އައްޑޫ ސިޓީން ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައިވަނީ އައްޑޫ ކޯވިޑް މެޖޭންމެންޓު ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ މަރުވީ ރޭ މެންދަމު 2:30 ގައި ކަމަށެވެ.

މި މަރާއެކު ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ޢަދަދު 263 އަށް އަރާފައިވާ އިރު، އައްޑު ސިޓީން މިބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 13 އަށް އަރާފައެވެ.

2020 ވަނަ އަހަރު ރާއްޖެއިން ކޮވިޑް ޖެހިގެން 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މިދިޔަ އަހަރު ވަނީ 120 މީހަކު މަރުވެފައެވެ. އަދި މިފެށުނު އާއަހަރު ކޮވިޑުގައި މަރުވި މިއީ ފުރަތަމަ މީހާއެވެ.