English Edition
Dhivehi Edition

ގއ ވިލިނގިލިން އިތުރު 3 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 17 އަށް އަރައިފިއެވެ.

ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހިލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރެސިން މަސައްކަތުގެ ތެރެއިން އިތުރު 3 ސާމްޕަލެއްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށް ގއ އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސްކޫލް އިން ކިޔަވާ ދަރިވަރުންތަކެއްވެސް ހިމެނޭކަމަށް އެއޭ ނިއުސްވަނީ މަޢުލޫމާތު ލިބިފައެވެ. މި ކޭސްތަކާއި އެކު ވިލިނގިލީގައި ކަރަންޓީން މުއްދަތު ތެރޭގައި ޕޮޒިޓިވްވި 3 ފަރާތަކާއި އެ ފަރާތްތަކާއި ކޮންޓެކްޓްވި 14 ފަރާތާއެކު، ޖުމްލަ 17މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

މިއަދު އެކަނި ވިލިނގިލިން ޕޮޒިޓިވްވި މީހުންގެ އަދަދު 9 ކަށް އަރައެވެ.

ކޮވިޑް19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް ރޭ ވަގުތެއްގައި ވަނީ އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ.

ގއ ވިލިނގިލި އިތުރުން ގއ ގެމަނަފުށި އަދި ގއ ދާންދުވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.

ގއ އަތޮޅު ކޮވިޑް ކޭސްތަކަށް ބަލާލާއިރު، ގއ ދާންދޫ 19 މީހަކު، ގއ ގެމަނަފުށި 17މީހުން، ގއ ކޫއްޑޫ 04 މީހުން، ގއ ވިލިނގިލިން 17 މީހުން އަދި ގއ ކަނޑުހުޅުދޫއިން އެކަކު ޕޮޒިޓިވްވެފައިވެއެވެ.