English Edition
Dhivehi Edition

މާލޭގައި ރޭ ހިނގި މާރާމާރީއެއްގައި ޒަޚަމްވި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ރޭ ދުނބުރި މިސްކިތް ކައިރީ ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް، އޭގެއިން އެކަކު ނިޔާވެފައިވާކަމަށެވެ.

މާރާމާރީގައި އަނިޔާވި ދެވަނަ މީހާއަށްވެސް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މާރާމާރީ ހިންގާފައިވާ ސަރަހައްދު ބަންދުކޮށް ފުލުހުން އަންނަނީ ސީންގައި ހަރަކާތްތެރިވަމުން އެވެ.

ފުލުހުން ވިދާޅުވީ މާރާމާރީގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 11:20 ހާއިރުކަމަށެވެ.

ރޭގެ މާރާމާރީ ވެސް ހިނގީ މާލޭގެ މަޝްހޫރު ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށްވެ އެވެ.