English Edition
Dhivehi Edition

ގއ ވިލިނގިލިން އިތުރު 04 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 14 އަށް އަރައިފިއެވެ.

ވިލިނގިލީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ހޯދުމުގެ މަސައްކަތުގެ ތެރެއިން އިތުރު 04 ސާމްޕަލެއްގެ ނަތީއްޖާ ޕޮޒިޓިވް ވެފައިވާ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސްކޫލް ގައި ކިޔަވާ ދަރިވަރުންތަކެއްވެސް ހިމެނޭކަމަށް އެ.އޭ ނިއުސް އަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މި ކޭސްތަކާއި އެކު ވިލިނގިލީގައި ކަރަންޓީން މުއްދަތު ތެރޭގައި ޕޮޒިޓިވްވި 3 ފަރާތަކާއި އެ ފަރާތްތަކާއި ކޮންޓެކްޓްވި 11 ފަރާތާއެކު، ޖުމްލަ 14މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް ރޭގެ ވަގުތެއްގައި އެރަށް ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. ގއ. ވިލިނގިލީގެ އިތުރުން ގއ. ގެމަނަފުށި އަދި ގއ. ދާންދޫވެސް ވަނީ މޮނިޓަރިންގ ހާލަތުގައެވެ.

ގއ. އަތޮޅު ކޮވިޑް ކޭސްތަކަށް ބަލާލާއިރު، ގއ. ދާންދޫގައި 19 މީހަކު، ގއ. ގެމަނަފުށީގައި 17 މީހުން، ގއ. ކޫއްޑޫގައި 04 މީހުން، ގއ. ވިލިނގިލީގައި 14 މީހުން އަދި ގއ. ކަނޑުހުޅުދޫގައި އެކަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ.