އައްޑޫ ސިޓީ ހުޅުދޫއިން އިތުރު 10 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އައްޑޫ ސިޓީ ހުޅުދޫ މީދޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ފަންސާހަށްވުރެ މައްޗަށް އަރާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހުޅުދޫ އިން ޕޮޒިޓިވްވި 49 މީހުންނާއި މީދޫއިން ޕޮޒިޓިވްވި ނުވަ މީހުންނެވެ.
އައްޑޫ ސިޓީ ހުޅުދޫ މީދޫ އިން މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ނެގި ރެންޑަމް ސާމްޕަލްތަކެއްވެސް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެ ދެ އަވަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް އިރު، ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ އެހެން އަވަށްތަކުންވެސް ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެެރޭގައި ހިމެނެނީ ފޭދޫއިން ޕޮޒިޓިވްވި ހަ މީހުންނައި ހިތަދޫއިން ޕޮޒިޓިވްވި 26 މީހުންގެ އިތުރުން ބަންދުކޮށްފައިވާ ރިސޯޓަކުން ޕޮޒިޓިވްވި އެކަކެވެ. އައްޑޫ ސިޓީގެ ކޮވިޑް19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު 82ކަށް އަރާފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އެކަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އައްޑޫ ސިޓީއިން މިހާތަނަށް މަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ފަސޭހަވެފައިވަނީ އެންމެ މީހެކެވެ.