English Edition
Dhivehi Edition

ގދ. ވާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ގދ. ވާދޫގައި ހޯމް ކަރަންޓީންގައި ހުރި މީހެއް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމާއި ގުޅިގެން ރޭ ނެގި ސާމްޕަލެއް ކޮވިޑް-19 އަށް ފައްސި ވެފައިވާކަން ގދ. ވާދޫ ކައުންސިލުން ހާމަކޮށްފިއެވެ.

ފައްސިވެފައި ވަނީ ޒުވާން ފިރިހެނެއް ކަމަށާއި ހައި ރިސްކް ކެޓެގަރީގެ މީހެއް ނޫން ކަމަށް ގދ. ވާދޫ ކައުންސިލުން ވަނީ އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވާފައެވެ. މިވަގުތު މި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މިވަގުތު ގދ. އަތޮޅުގެ ވާދޫގެ އިތުރުން ގދ. ހޯނޑެއްދޫ އިން 02 މީހުންނާއި ގދ. މަޑަވެލިން އެކަކު ވަނީ ބައްޔަށް ފައްސިވެ ފަރުވާ ހޯދަމުންނެވެ. މީގެ އިތުރުން އެއަތޮޅުގެ ތިނަދޫ އަދި ގައްދޫ، ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.