English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ އަހަރީ ބައްދަލުވުމުގައި އެންމެ ނަސީބުގަދަ މުވައްޒިފަކަށް ކައުންސިލް އިދާރާގެ ފައިނޭންސް ސެކްޝަންގައި މަސައްކަތް ކުރައްވަވާ ޚަދީޖާ ރަޒީނާ ހޮވިއްޖެއެވެ. ރަޒީނާ އަށް މި އިނާމު ހަވާލުކޮށް ދެއްވެވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެޙްމާނު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ.

މިއަދު ކައުންސިލްގެ ފަރާތުން ބޭއްވި އަހަރީ ބައްދަލުވުމުގައި ރަޒީނާއަށް ވަނީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބުގެ ފަރާތުން ޢުމްރާ ދަތުރެއްހަދިޔާކޮށްފައެވެ. ރަޒީނާ އަށް މި އުމުރާ ދަތުރު ލިބުނީ މުވައްޒަފުންގެ މެދުގައި ނެގި ގުރުއަތުން ނަސީބު ދިމާކުރައްވައިގެންނެވެ. މިޢުމްރާ ދަތުރަކީ އަސްކޮއި ޙައްޖު-ޢުމްރާ މޯލްޑިވްސްގެ ހެޔޮއެދުންތަކާއެކު ހަމަޖެހިގެން ދިޔަ ޢުމްރާ ދަތުރެއް ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލް މުވައްޒަފުންގެ އަހަރީ ބައްދަލުވަމުކީ ކޮންމެ އަހަރަކުވެސް ކައުންސިލްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރި މާޙައުލެއް ޤާއިން ކުރުމުގެ ގޮތުން ބޭއްވޭ ޙަފްލާއެކެވެ. މިއަހަރުގެ ޙަފްލާގައިވެސް ގިނަ ހަރަކާތްތަކެއް ހުށަހެޅިގެން ގޮސްފައިވެއެވެ.