English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީ އިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މާދަމާ އިއުލާންކުރާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މިއަދު ބޭއްވި އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 111 ވަނަ ޖަލްސާގައި ވަނީ އައްޑޫ އިން ގޯތި ދޫކުރުމާ ގުޅޭ މުހިއްމު ނިންމުންތަަކެއް ނިންމާފައެވެ.

މި ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ އިން ގޯއްޗަށް އެދިފައިވާ ފަރާތް ތަކުގެ ތެރެެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތް ތަކަށް ގޯތިދޭން ކައުންސިލުން ނިންމާފައިވާކަމަށާ އަދި ފުރަތަމަ ފަހަރަށް ކައިވެނި ނުކޮށް ތިބިކަމުގައި ވިޔަސް ޒުވާނުން ނަށް ގޯތިދޭން ނިންމާފައިވާ ކަަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި 4160 ފަރާތަކުން ވަނީ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާއިރު 3972 މީހުން ޝަރުތުހަމަވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިއަހަރުގެ ކުރީ ކޮޅު އައްޑޫ ސިޓީ އިން 1000 ގޯތި ދޫކުރަން ސިޓީ ކައުންސިލުން އިއުލާންކޮށްފައިވާއިރު ހިތަދޫން ދޫކުރުމަށް ނިންމާފައިވަނީ 1500 އަކަ ފޫޓުގެ 500 ގޯއްޗެވެ. އަދި ފޭދޫ އިން 1500 އަކަ ފޫޓުގެ 300 ގޯތި އަދި ހުޅުދޫ މީދޫ އިން 2000 އަކަ ފޫޓުގެ 200 ގޯއްޗެވެ.