English Edition
Dhivehi Edition

އައްޑޫ ސިޓީގެ 2 އަވަށަކުން 5 ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިމަހުގެ 13 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫ އަވަށުންނާއި، މަރަދޫފޭދޫ އަވަށުން ބިން ދޫކުރަން ހުޅުވާލާފައިވާކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ހިތަދޫ އަވަށުން 4 ބިން ކުއްޔަށް ދޫކުރަން ހުޅުވާލާފައިވާކަމަށެވެ. އެ 4 ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ގަރާޖް ވޯކްޝޮޕް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީ މަރަދޫ ފޭދޫ އަވަށުން 1 ބިން ދޫކުރުމަށް ހަމަޖެހިފައިވާއިރު މިއީ އާންމު ވިޔަފާރިއަށް ދޫކުރަން ހަމަޖެހިފައިވާ ބިމެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. މިއީ 1،500 އަކަފޫޓުގެ ބޮޑު ބިމެކެވެ.

މި ބިންތައް ދޫކުރަން ހަމަޖެހިފައިވަނީ ބީލަމުގެ އުސޫލުންނެވެ. ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު 16 އޭޕްރީލްއިން 27 އޭޕްރީލގެ ނިޔަލަށް ލިބޭއިރު، މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. އަދި ބީލަން ހުށަހެޅުން 4 މެއި ވާ ބުރާސްފަތި ދުވަހުގެ 10:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުމުން މައުލޫމާތު ލިބޭނެއެވެ.