English Edition
Dhivehi Edition

ވިލިނގިލީގައި ހޯމަ ކަރަންޓީންގައި ހުރި އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 3 ކަށް އަރައިފިއެވެ.

ވިލިނގިލީގައި ހޯމް ކަރަންޓީންގައި ހުރި އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަން ގއ އަތޮޅު ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. ޕޮޒިޓިވްވެފައިވަނީ މާލެއިން ރަށަށް ދަތުރުކުރުމާއި ގުޅިގެން ކަރަންޓީން ކުރެވިފައިވާ މީހެކެވެ.

އިއްޔެވެސް ވިލިނގިލިން ވަނީ ކަރަންޓީންގައި ތިބި 2 މީހަކު ކޮވިޑަށް ޕޮޒިޓވްވެފައެވެ. އެހެންކަމުން މި ވަގުތު ވިލިނގިލީގައި އެކްޓިވް ކޭސްތަކުގެ އަދަދު 3 ކަށް އަރައެވެ.

ގއ ވިލިނގިލީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ޕޮޒޓިވެފައިވާއިރު މިއަދު ގއ ދާންދޫގައި ކަރަންޓީންގައި ނެތް ދެ މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިން ޙާލަތަށް ގެނެސްފައެވެ.