English Edition
Dhivehi Edition

މި ހިނގަމުންދާ ދައުރުގެ ގދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިރާން، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަޑަވެލި ދާއިރާގެ ރައީސްކަމަށް ވާދަކުރުމަށް ނިންމައިފިއެވެ.

ޝިރާން މި ނިންމުން ނިންމެވީ މިފަހަރު ކައުންސިލް އިންތިޚާބުގައި ވާދަނުކޮށް ދާއިރާގެ ރައްޔިތުންނަށް ޕާޓީގެ (އެމް ޑީ ޕީ) އެތެރެއިން ޚިދްމަތްކޮށްދިނުމުގެ ވިސްނުމުގައެވެ. ޝިރާން ސިޔާސީ ޙަޔާތް ފައްޓާފައިވަނީ 2011 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުން ފެށިގެންނެވެ. އަމިއްލަ ރަށް ގދ. ހޯނޑެއްދޫގެ ކައުންސިލް ގޮނޑިއަށް ވާދަކޮށް ޝިރާން މި އިންތިޚާބު ކާމިޔާބު ކުރެއްވީ އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެމްޑީޕީ ވުޖޫދުވީއްސުރެ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހަރާކާތްތެރިވެ، ޕާޓީ އަށާއި މަޑަވެލި ދާއިރާ އަދި ހުވަދޫ އަތޮޅަށް ގިނަ ޚިދްމަތްތަކެއް ޝިރާން ވަނީ ކޮށްދެއްވާފައެވެ.

2014 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ވެސް ކާމިޔާބު ކުރެއްވި ޝިރާން އަކީ އެ ދައުރުގެ ގދ. ހޯނޑެއްދޫ ކައުންސިލްގެ ރައީސް އެވެ. މި ކައުންސިލް ދައުރުގައި މިހާރު މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންވެސް ހޯނޑެއްދޫ ކައުންސިލްގައި ހިމެނިވަޑައިގަތެވެ.

ޖެހިގެންއައި ލޯކަލް ކައުންސިލް އިންތިޚާބުގައި އެއިރުގެ އަތޮޅު ކައުންސިލް މެމްބަރު އިނާޒް އަލީ އާއި ވާދަކޮށް

ޖެހިގެންއައި ލޯކަލް ކައުންސިލް އިންތިޚާބުގައި އެއިރުގެ އަތޮޅު ކައުންސިލް މެމްބަރު އިނާޒް އަލީ އާއި ވާދަކޮށް އެ އިންޚާބް ކާމިޔާބު ކުރެއްވީ ޝިރާންއެވެ. އަދި ޝިރާން ވަނީ ނިމިގެންދިޔަ ކައުންސިލް އިންތިޚާބުގައި ހޯނޑެއްދޫގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށް އެ އިންތިޚާބުން ކައުންސިލްގެ 5 ގޮނޑި ކާމިޔާބު ކޮށްދެއްވިއެވެ.

ޝިރާން އެދެނީ ދާއިރާގެ ލޮބުވެތި އެމް ޑީ ޕީ މެމްބަރުން ޝިރާންއަށް ތާއީދުކޮށް ވޯޓް ދެއްވުމެވެ. ދާއިރާ މަޖްލިސް އިންތިޚާބުގައި މަޑަވެލި ދާއިރާގެ ރައީސް ސްލޮޓް ކާމިޔާބު ކުރެވިއްޖެނަމަ ދާއިރާގެ ރައްޔިތުންގެ ހައްގުގައި އުފުލަންޖެހުނު ކޮންމެ ބުރައެއްވެސް އުފުލަން ތައްޔާރަށް ހުރިކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބުން ބަލިވި ނަމަވެސް ޕާޓީއަށް ޚިދްމަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޝިރާން, އެމް ޑީ ޕީ އެންމެހާ މެމްބަރުންނަށް ދެއްވައެވެ.