English Edition
Dhivehi Edition
ހުޅުމީދޫ ސިއްޙީ މަރުކަޒު ފޮޓޯ: މަރްޔަމް ސުދާ

އައްޑޫސިޓީ ހުޅުދޫ އަދި މީދޫން މިއަދު 12 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެއްވަމުން ހުޅުމީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރ އިބްރާހީމް ދީދީ ވިދާޅުވީ މިއަދު ޕޮޒިޓިވްވި 12 މީހުންނަކީ ކުރިން ޕޮޒިޓިވް ވެފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓްސް ކަމަށެވެ.

“މި އަދު ޕޮޒިޓިވް ވީ 12 މީހުންގެ ތެރެއިން 7 މީހުންނަކީ ބިދޭސީން. އެމީހުންނަކީ އިއްޔެ ސްޕީޑް ބޯޓުން ޕޮޒިޓިވް ވީމީހާގެ ކޮންޓެކްޓްސް. ބާކީ 5 މީހުންގެ ތެރެއިން މީދޫ އެކަކާއި ހުޅުދޫ 4 މީހުން ހިމެނޭ” އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މިއަދުގެ 12 ކޭސް އާއި އެކު ހުޅުދޫ މީދޫން ޕޮޒިިޓިވް ވީމީހުންގެ ޖުމްލަ އަދަދު 48 އަށް އަރައިފިއެވެ. ދެ އަވަށުގައި މިވަގުތު ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅާފައިވާ އިރު މިހާތަނަށް 67 ގެއެއް ކަރަންޓީންކޮށްފައި 154 މީހަކު ވަނީ ކަރަންޓީނުކޮށްފައެވެ.