English Edition
Dhivehi Edition

ވިލިނގިލީގައި ހޯމް ކަރަންޓީންގައި ހުރި އިތުރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެކްޓިވް ކެސްތަކުގެ އަދަދު 2 އަށް އަރައިފިއެވެ.

ވިލިނގިލީގައި ހޯމް ކަރަންޓީންގައި ހުރި އިތުރު މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާ ކަން ގއ. އަތޮޅު ހޮސްޕިޓަލް އިން ހާމަކޮށްފިއެވެ. ޕޮޒިޓިވްވެފައިވަނީ ފުރަތަމަ ޕޮޒިޓިވި މިހާއެކު ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.

ހޯމް ކަރަންޓީންގައި 3 މީހަކު ހުރިއިރު ޕޮޒިޓިވްވެފައިވަނި 2 ފަރާތެއް ކަމަށާއި އެކަކު ނެގެޓިވްވެފައިވާކަމަށް އެ ހޮސްޕަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ވިލިނގިލިން ޕޮޒިޓިވްވި ދެ މީހުންނަކީވެސް މާލެއިން ރަށަށް ދަތުރުކުރުމާއި ގުޅިގެން ކަރަންޓީން ކުރެވިފައިވާ ދެމީހެކެވެ.

ގއ. ވިލިނގިލީގައި ހޯމް ކަރަންޓީންގައި ހުރި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ގއ. ދާންދޫއިން ވެސް މީގެ ދެ ދުވަސް ކުރިން ހޯމް ކަރަންޓީން ހުރި މިހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ އަތޮޅު ހޮސްޕިޓަލުން އެދެނީ ކަރަންޓީނުގައި ތިއްބަވާ ފަރާތްތަކާއި އަދި ޚާއްސަ ހުއްދައިގެ ދަށުން އައިސް ތިބޭ ފަރާތްތައް ގަވާއިދާއި އެއްގޮތަށް އަމަލުތައް ބަހައްޓަވައި ފަރުދީ ޒިންމާ އަދާކުރެއްވުމަށެވެ.