English Edition
Dhivehi Edition

ގއ. ވިލިނގިލީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް އަޙްމަދު އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ވިލިނގިލީގައި ކަރަންޓީންގައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަދި ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓްސްތައް ބަލައި އެމީހުންގެ ސާމްޕަލްތައް ޓެސްޓް ކުރުމުގެ ކަންތައް މިވަގުތު ހޮސްޕިޓަލުން ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، މިއަދު މަހާކަލަމަންޖާ އިން ޕޮޒިޓިވްވި ފަޅުވެރިންގެ ކޮންޓެކްޓްސްތަކުގެ ސާމްޕަލްތައް ވެސް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތްވެސް އެއަތޮޅު ހޮސްޕިޓަލުން ކުރިއަށްދާ ކަމަށެވެ.

ވިލިނގިލި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ގއ. ދާންދޫއިން ވެސް މީގެ ދެ ދުވަސް ކުރިން ހޯމް ކަރަންޓީންގައި ހުރި މިހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް ކޭސްތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިރޭވެސް ޕޮޒިޓިވްވި އަދަދު 1،204 އަށް ވަނީ އަރާފައެވެ.