English Edition
Dhivehi Edition

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސް ބޯޓެއް ކަމަށްވާ މަހާކަލަމިންޖާގެ 3 ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ގއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ޝަރީފް އަޙްމަދު “އޭއޯ ނިއުސް” އަށް މަޢުލޫމާތުދެމުން ވިދާޅުވީ، ފެލިވަރުން ގއ ކޫއްޑޫއަށް ދަތުރުކުރި މަހާ ކަލަމިންޖާގެ 3 ފަޅުވެރި އަކު ޕޮޒިޓިވްވެފައިވާ ކަމަށާއި މި ފަރާތްތައް ބޯޓުން ފައިބައި ކޫއްޑޫ ފެކްޓްރީ ތެރޭގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރެސިންގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ކޭސްތައް ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނައިރު އިއްޔެވެސް ޕޮޒިޓިވްވި އަދަދު 1091 އަށް އަރައިފައިވެއެވެ. މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 35815 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 9423 މީހެކެވެ. އޭގެ ތެރެއިން 250 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން 86 މީހުން ނިޔާވެފައިވެއެވެ.