ތިރީގައިމިވަނީ ” އަހަރެން އިސްލާމްވީ ކިހިނެއް؟” މި ވާހަކަތައް ހިއްސާ ކުރާ ވެބްސައިޓަކަށް ނާއިލާ އެޑްވަޑްސް ނަމަކަށް ކިޔާ އަންހެންކުއްޖަކު އޭނަ އިސްލާމްދީން ގަބޫލުކުރި ހާދިސާ ކިޔައިދީފައިވާ ވާހަކައިގެ ތަރުޖަމާއެކެވެ.
” 2011 ވަނައަހަރުން ފެށިގެން އަހަރެން ދިރިއުޅެމުން ދިޔައީ މެލޭޝިއާގައި.. އެ ގައުމުގައި އަހަރެން އުޅެމުން ދިޔައީ އަހަރެންގެ ގެއަމިއްލަ ގެއެއްގައި އެކަނިމާ އެކަނި.. މެލޭޝިއާގައި އަހަރެންގެ އަމިއްލަ ގޭގައި އުޅުނު އިރު އަހަރެންގެ ކެނެޑާ ރަހުމަތްތެރިއަކު ދޭތެރެއަކުން އަހަރެން ކައިރީގައި ހުރެލުމަށް އަންނާނެ. އެގޮތުން ރަހުމަތްތެރިޔާ އައި ފަހަރަކު އަހަރެންގެ އިތުރު ރަހުމަތްތެރިންނަށް ގެ ދައްކާލުމުގެ ބޭނުމުގައި ކުޑަ ޕާޓީއެއްބޭއްވިން. އަހަރެން ބޭއްވި ޕާޓިތެރެއިން ރަހުމަތްތެރިންނަށް ގެ ދައްކާލުމަށް މަތީބުރިއަށް ކުދިން ގޮވވައިގެން ދިޔައިން. އެވަގުތު އަހަރެންގެ ކެނެޑާ ބެސްޓްފްރެންޑް އިނީ ތިރީބުރީގައި އަހަރެންގެ ކުއްތާ ގޮވައިގެން ސޯފާގައި އިށީނދެގެން. ކުއްލިއަކަށް އަހަންނަށް އިވުނީ ވަރަށް ބާރުގަދަ އަޑެއް. ހީވީ އެއްޗެއް ވަރަށްބާރަށް ލެއްޕުނުހެން. އެވަގުތު އަހަރެންގެ ކުއްތާވެސް ހަޅޭއްލެވި. އަހަރެން ހީކުރީ ކުއްތާ ކުއްލިއަކަށް އެއްޗެއްގައި ޖެހުނީކަމަށް. އެ ކުއްތާއަކީ ވަރަށް ސިޔާސަ ކުއްތާއެއްކަމުން އަހަރެން އެގޮތަށް ނިންމިން. އަހަރެން ދުވަމުން ތިރިއަށް ދިޔައިން. އަހަންނަށް ފެނުނީ ރަހުމަތްތެރިޔާ ހުއްޓިފައި ގަނޑުވެފައި ހުއްޓާ. އޭނަޔަށް ހުރީ ޝޮކެއްލިބިފައި. އޭނަގެ ހަށިގަނޑުގެ ކުލަވަނީ ހުދުކުލައަކަށް ބަދަލުވެފައި.
އަހަރެން އޭނައާ ސުވާލުކުރިން. ކިހިނެއްވެފަތޯ ތިއިނީ. އޭނަ ޖަވާބުގައިބުނީ ކުއްތާ ބިއްލޫރި ސްލައިޑް ދޮރާދިމާލަށް ހިނގައިގަތުމުން ވަރަށް ބާރަށް ކުއްލިޔަކަށް ދޮރި ލެއްޕުނުކަމަށް. އޭނަބުނީ އެ ދޮރު ލެއްޕުނީ އޭނަ ދޮރާދިމާލަށް ބަލަހައްޓައިގެން ހުއްޓާ ކުއްލިޔަކަށް ހިތަށް ކަމަށް. އޭނަ އެހެން ބުނުމުން އޭނައާ އެއްވަރަށް އަހަރެންވެސް ބިރުގަތް. ދެން އަހަރެމެން ބިރުން ނިންމީ އެންމެން ބޭރަށް ދިޔުމަށް ގޭގެ ދޮރުލައްޕާފައި. ރަހުމަތްތެރިން އެމީހުންގެ ގެއަށް ދިޔުމުން އަހަރެމެންވެސް ދެން ހިނގައިގަތީ ގެއާ ދިމާލަށް. ގެއަށް ވަނުމުން ދެމީހުންވެސް ކުރިން ވެދިޔަ ކަންތައް ހަނދާނެއްނެތް.
ރަހުމަތްތެރިޔާވެސް އޭގެ އަނެއްދުވަހު ކެނެޑާއަށް ފުރައިފި. ދެން އަނެއްކާވެސް ގޭގައި އުޅެންފެށީ އަހަރެން އެކަނި. ގޭގައި އުޅޭ ކޮންމެ ދުވަހަކުވެސް ކޮންމެވެސް ތަފާތު ކަމަކާ އަހަންނާ ދިމާވަމުން ދިޔަ. ނަމަވެސް އެކަންތަކާ މާބޮޑަށް އަޅާލައި ނުހަދަން. ދިމާވާ ބައެއްކަންތަކަށް ބަލާލާއިރު އަހަރެން އެއްތާކު ބަހައްޓާފައި ހުންނަ އެއްޗިހި އަނެއްތަނަކުން ފެނުން ފަދަ ކަންތައްތައް ދިމާވޭ. އަހަރެން މާބޮޑަށް އަޅާނުލަން. އަހަންނަށް އަސްލު ހީވަނީ އަހަރެން އެއްޗިހި ބަހައްޓާތަނުން ނަގާފައި އެހެން ތަންތާގައި ބައްހައްޓާ ހަނދާން ނެތެނީ ކަމަށް. އަދި ބައެއް ފަހަރު އަހަރެން ތިރީގައި އިންނަ އިރު މަތީ ކޮޓަރިން އެއްޗެތި ވެއްޓޭ އަޑުއިވޭނެ. އެކަމަކު ގޮސް ބަލާލާއިރު އެއްވެސް އެއްޗެއް ވެއްޓިފައި ނުހުރޭ.
މިގޮތަށް ކަންތައް ދިމާވާތާ ހަތަރު ވަރަކަށް މަސްފާއިތުވެފައި ހުއްޓާ އެއްދުވަހަކު ރޭގަނޑު ގެއިން ބޭރުގައި އުޅެފައި އައިސް ގެއަށްވަނިން. ގެއަށް ވަދެ ހިނގައިގަތީ އަހަރެން ކޮޓަރިއާ ދިމާލަށް . އަހަރެންގެ ކުއްތާ އޮތީއޭތީގެ ކޮޓަރީގައި ނިދަން. އަހަންނަށް ފާހަގަ ކުރެވުނީ ގެއަށް އައިއިރު ކޮޓަރީގެ ބޮކި ދިއްލިފައިވާ ކަމަށް . އެކަމަކު އަހަރެން ގެއިން ބޭރަށް ދިޔައީ ބޮކި ނިއްވާފައި. ދެން ވަރަށް ބިރުގަތް. އަހަރެންގެ ހިތުގައި ކޮންމެވެސް ކަހަލަ އިހުސާސްތަކެއް އުފެދެން ފެށި. ސަބަބަކީ އަހަންނަކީ އެތިއެސްޓަކަށްވުން. ދެން އެއީ ޖިންނި ކަމެކޭ ހިތަށްއެރި. އަހަންނަށް އިވެމުން ދިޔަ އަޑުތަކާއި މަންޒަރުތަކުގެ ހަގީގަތެއް ވާކަން އިހްސާސްވާން ފެށި. އަސްލު އެއަޑަކީ ކޮން އަޑުތަކެއް ކަންނޭގުނަސް އެއީ އިވޭ ހަގީގީ އަޑުތަކެއް ކަން އަހަންނަށް އިހްސާސްވާން ފެށި. އެއަޑު އަންނަ ދިމާލެއްވެސް ފާހަގަ ވޭ. އަހަރެން ބިރުން އިނދެ ގޭގެ ބޮކި ނިއްވާފައި ކޮޓަރިއަށް ވަދެ ކޮޓަރި ބޮކިވެސް ނިއްވާލައި އެނދުގައި އޮށޯންނަށް އެނދާ ދިމާލަށް ހިނގަިއގަތިން. ކުއްލިއަކަށް އިވުނީ ކޮޓަރީގެ ދޮރުގައި ބޭރުން ވަރަށް ބާރަށް އެއްޗެއް ޖެހުނުއަޑު. އެ އަޑާއެކު ކޮޓަރީގެ ދޮރުވެސް ގުޑަމުންދިޔަ. އަހަރެން ގަތްބިރުން ހީވީ މޭފަޅައިގެން ގޮސް ހިތް ބޭރުވީހެން. ގަތް ބިރުން މީހާ ވަރުބަލިވެ ހީވީ ހުރިތަނަށް މަރުވެގެން ވެއްޓެނީހެން.
މިކަހަލަ އެއްވެސް ކަމެއް ދިމާވެގެން ދުވަހަކުވެސް އެއްވެސް ކަލާނގެ އެއްގެ އެހީއަށް މަދަދަކަށް އަހަރެން ނޭދެން. ސަބަބަކީ އަހަންނަކީ އެއްވެސް ކަލާނގެ އެއް ވޮޑިގެންވާކަން ގަބޫލު ކުރާމީހަކަށް ނުވުން. ނަމަވެސް އަހަރެންގެ ސިކުނޑި އެވަގުތު ވަރަށް ސާފުވި. ހައިރާންވާން ޖެހޭކަމަކީ އެވަގުތު ހަމަ އެކަނި އަހަރެންގެ ސިކުނޑިއަށް އައި ބަހަކީ “ﷲ” ކަން. އަހަރެން މީގެކުރިން ކަލާނގެ ވޮޑިގެން ވާކަމަށް ގަބޫލުނުކުރާ ކުރުމާ ޚިލާފަށް އެވަގުތު ބުނެވުނީ. “ﷲ. ކަލާނގެ ވޮޑިގެންވާނަމަ އަހަރެން ސަލާމަތްކޮށްދީ” ! މިހެން. މިހެން އެދެން ޖެހުނު ސަބަބަކީ ވަމުން ދިޔަ ބިރުވެރި ނާމާން ކަންތައް ތަކުގެ އަސްލު ހަގީގަތް އަހަންނަށް ނޭނގުމާއި. އެ ޖިންނި އަހަރެންގެ ކިބައިން ބޭނުންވެގެން އުޅެނީ ކޮންކަމެއްކަން ނޭނގުން.
“ﷲ” އަށް މިހެން އެދިފައި އަހަރެން އޮށޯތީ ނިދަން. ނިދަން އޮށޯތުމުން ހިތަށް އެރި ދެން މިރޭ ނުވެސް ނިދޭނެޔޭ. އެކަމަކު 5 ވަރަކަށް މިނެޓްތެރޭގައި ޖިންނީގެ އެއްވެސް ހިލަމެއް ނުވެ އަހަންނަށް ނިދިއްޖެ.
އަސްލު އަހަންނަކީ ހަގީގީ ކަންކަން ގަބޫލުކުރާމީހެއް. ހެންދުނު ހޭލައިގެން ހިތަށް އެރީ ރޭގައި އެދިމާވިހާ ކަންތައް ތަކާއި އަހަރެން އެދުނު ކަންތައް ރަނގަޅަށް ވުމުން މިއީ އަސްލު ހަގީގަތަށް ކޮންމެވެސް ބާރުތަކުން ހިނގި ކަމެއްކަން. ދެން ހިތަށް އެރީ ރޭގައި އެކުރެވުނީ ދުއާ އެއްކަމަށް. އެދުއާ އަކީ ތެދުވެރި ދުއާއެއްކަން. ހިނގި ކަންތަކަކީ ވެސް ހަގީގަތެއްކަން. ދެންވެސް އޮތީ ދުއާކުރުންކަން.
ދެން އަހަރެން އަނެއްކާ ފެށީ ދުއާކުރަން. “ޔާ ﷲ އަހަރެންގެ އުމުރުން 21އަހަރު. އަހަރެންގެ މުޅި 21 އަހަރު މިހޭދަކުރީ އެތިއެސްޓެއްގެ ގޮތުގައި. ޔާ ﷲ އަހަރެން މުސްލިމެއްގެ ގޮތުގައި ލައްވަން ބޭނުން ނަމަ އަހަންނަށް ރައްކާތެރިކަން ދެއްވާދޭނ!. އަހަންނަށް އެކަނި އެއްވެސް ކަމެއް ނުހޯދޭނެ. ”
ދުއާ ނިންމު މަށްފަހު އަހަރެންގެ ހިތަށްއެރީ އިސްލާމްދީނާ ބެހޭގޮތުން ކަންކަން ހޯދުމަށް. އަހަރެން މީހުންގެ ގާތަށް ގޮސް ސުވާލުކުރިން. “ﷲ” ދަސްކޮށް ދެއްވާފައިވާ ކަންތައް ތަކާއި ނަމާދުކުރާނެގޮތް. އަދި އެކަލާނގެ އަށް ބިރުވެތިވާންޖެހޭ ކަންކަން. ދެން އަހަރެން އިސްލާމްދީނުގެ ކަންތައް ދަސްކުރަން ފެށިން.
އަހަންނަށް ދަސްވި ﷲ އަހަރެމެންނަށް ކެތްތެރިވާން ދަސްކޮށްދެއްވާފައިވާކަން. ކެތްތެރިވާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގެންވާކަން. މީގެ ކުރިން އަހަރެން ޓްރެފިކްގައި ޖެހުމުން ކެއްތެރިކަން ކޮޅުންލައި ކުރިމަތީގައި ހުންނަ މީހާދެކެ އަންނަ ރުޅި ފަހުންނާދޭ. އަހަންނަށް ކެތްތެރިވާން ދަސްވި. އަހަރެންގެ ހަޔާތުގެ ވަރަށް ގިނަ ކަންތައްތައް ރަނގަޅުވެ ހާލަތުވެސް ރަނގަޅުވި.
ދެން އަހަރެން އޭޕްރީލް މަހު ފްރާންސްއަށް ފުރައިގެން ދިޔައީ އޮފީސް މަސައްކަތެއްގައި. އެތަނުގައި އުޅެމުން ރާބުއިންވެސް ހުއްޓާލިން. އެއީ ފުރިހަމަ މުސްލިމަކަށް ވުމަށް ނިންމާފައިވާތީ. އަހަރެން އިސްލާމް ދީން ދަސްކުރަންފެށުމުން ހަޔާތަށް އަންނަން ފެށި ބަދަލުތަކުން ހިތަށްއެރި. މިއީ ﷲ އަހަރެންގެ ހަޔާތަށް މިވަގުތު ކުރިމަތި ކުރައްވަވާ ރަނގަޅު ކަންތައްތައްކަން. ދެން އިހުސާސް ވާން ފެށީ އެކަލާނގެއަށް އަހަރެން އެކަލާންގެ ވޮޑިގެންވާކަން ގަބޫލުކުރާނެކަން އެނގިލައްވާނެ ކަން.
އަހަރެން މީގެ ކުރިން ދެކެން ރޯދަމަސް އައުމުން އަހަރެންގެ މުސްލިމް ރަހުމަތްތެރިން އެހެންނޫނީ ނޫ ޅޭހާ އަޅުވެރިކޮށް އުޅޭތަން. ރޯދަމަސް އައުމާއެކު އަހަރެންގެ ހިތަށް އެރީ އިސްލާމްދީނުގެ ހުރިހާ ކަމެއް ދަސްކުރަން މިއީ އެންމެ ރަނގަޅު ވަގުތުކަމަށް. ސަބަބަކީ އަހަރެން ކުރާކޮންމެ ކަމެއްވެސް ކުރަން ބޭނުންވަނީ 100% ރަނގަޅަށްކުރަން. ރޯދަ މަސް އައުމާއެކު ނަމާދު ކުރާގޮތާއި އަދި ނަމާދުގައި ކިޔާ އެއްޗިހި ކަރުދާހަކަށް ޕްރިންޓްކޮށް އަހަރެން އެތަކެތި ދަސްކުރަން ފެށިން. އަދި ބުރުގާ އަޅައި ކޮންމެ ދުވަހަކު ރޯދަހިފައި ނަމާދުކުރަންފެށިން. އަދި ކޮންމެ ދުވަހަކު ގުރުއާން ފޮތުން ސަފްހާއެއް ކިޔަވަން ފެށިން. ގާތް ގަޑަކަށް ރޯދަމުގެ ދެބައި ކުޅެ އެއްބައި ހިނގައްޖެ . ގުރުއާންފޮތުގެ ވެސް ދެބައި ކުޅެއެއްބައި ނިމިއްޖެ. ދެން ހިތަށް އަރަން ފެށީ ފުރިހަމަ މުސްލިމަކަށް ނުވެ ހުރެ މަރުވާން ބޭނުން ނުވާކަން.
ދެން ގޫގަލް އިންބެލީ ޝާހަދަތް ކިޔާގޮތް. އަހަރެން ގޫގަލް އިން ބަލައިގެން އަމިއްލައަށް ޝަހާދަށް ކިޔައި އިސްލާމް ވީ. އޭގެ ފަހުން މިހާރު 10 އަހަރު ފާއިތު މިވީ. އިސްލާމްދީން ގަބޫލު ކުރުމަކީ އަހަރެންގެ ހަޔާތަށް ރަނގަޅު ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދިން ކަމެއް. މުސްލިމަކަށް ވުމުން އަހަރެންގެ އާއިލާއާއެކު އޮންނަ ގުޅުން ވެސް ވަރުގަދަވެގެން ދިޔަ. ސަބަބަކީ އިސްލާމް ދީނުގައި އާއިލީ ގުޅުމަށް ދެވޭ އިސްކަން އަހަންނަަށް އެނގި އެގޮތަށް އަމަލުކުރަން ފެށުނީތީ”
ނިންމާލަމުން ނާއިލާ ބުނެފައި ވަނީ އަހަރެމެން ދުނިޔެއަށް ފޮނުއްވަވާފައިވަނީ ވަކި މަގްސަދެއްގައި ކަމާއި އެކަމަށް މަސައްކަތް ކުރުމަކީ ދެ ދުނިޔެ ބާއްޖަވެރިވެގެންދާ ކަމެއްކަން އިސްލާމް ދީނާއެކު އެނގިގެން ދިޔަ ކަމަށެވެ.