English Edition
Dhivehi Edition

ބޭނުންވާ ތަކެތި: 6 ފޮތި ޕާން 2 ދަޅު މަސް 4 ބިސް 2 ޓޮމާޓޯ 1 މިރުސް ކުދިކޮށް ކޮށާފައި 1 ފިޔާ ކުދިކޮށް ކޮށާފައި ހިކަނދިފަތް ރަހަލާވަރަށް ލޮނު އަސޭމިރުސް ތައްޔާރުކުރާނެގޮތް: ޕާންފޮތިތައް ރޮށިދަމާއެތިން ދަމާލާފައި ދެފުށުން ފިހެވޭ ތަވާއެއްގައި ފަތުރާލާށެވެ. ދެން ފިޔާ، ލޮނު، އަސޭމިރުސް، މަސް، މިރުސް، ހިކަނދިފަތް އެއްކޮށް މޮޑެފައި ޕާންތަކުގެ މަތީގައި އަތުރާލާށެވެ. ދެން ޕާންފޮތި ތަކުގެ މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާފައި އޭގެ މައްޗަށް 4 ބިސް ގިރާފައި އަޅާލާށެވެ. ދެން އަނެއްކާވެސް މަސް ފަށަލައެއް، ޓޮމާޓޯ ފަށަލައެއް އަދި ޕާން ފޮއްޗެއް ރޮށި ދަމާއެތިން ދަމާލުމަށް ފަހު ބާއްވާށެވެ. ދެން ދެފުށް ފިހެވޭ ތަވާއަކުން މަޑު ގިނީގައި ފިހެލާށެވެ.

  • ނޯޓް: މި ރެސިޕީއަކީ ހާޝިމްގެ ސުފްރާއިން ނަގާފައިވާ ރެސިޕީއެކެވެ.