English Edition
Dhivehi Edition

ލިޔުނީ: އާމިނަތު ޖަނާ ޖިހާދު/ ހިތަދޫ ސްކޫލް

ހިތަދޫ ސްކޫލުގެ ވޭތުވެދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އައިޝަތު ރާހީ އަބްދުއްލަތީފް ހޮވައިފިއެވެ. ރޭ ހިތަދޫ ސްކޫލުގައި ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައި ރާހީއަށް އެންމެ މޮޅު ދަރިވަރުގެ ސޭޝް އާއި އިނާމު ހަވާލުކޮށްދެއްވެވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާނު އެވިޑް ކޮލެޖްގެ ޗާންސެލާއެވެ.

އިނާމު ދިނުމުގެ މިރަސްމިއްޔާތުގައި ސްކޫލްގެ އެންމެ ގަދަ 10އެއް ވެސްވަނީ ހޮވާފައެވެ.ސްކޫލުގެ އެންމެ މޮޅު ތިން ދަރިވަރުންނަކަށް ހޮވުނީ ރާހީ،ދީނާ އަދި ޒާރާއެވެ.

ހިތަދޫ ސްކޫލް ބެސްޓް އޯލް ރައުންޑް ކެޑޭޓް އަކަށް ހޮވިފައިވަނީ މުހައްމަދު އަޒްހާން އަލީއެވެ. އަދި ބެސްޓް އޯލް ރައުންޑް ބޭންޑްސްމަނަކަށް ހޮވިފައިވަނީ އިބްރާހިމް ސަހުލް ހަސަންއެވެ. ކިޔެމުގު ގޮތުން އެންމެ މޮޅު ކެޑޭޓަކަށް މަލީހާ މުހައްމަދު ހޮވިފައިވާއިރު ،ކިޔެމުގެ ގޮތުން އެންމެ މޮޅު ބޭންޑްސްމަނަކަށް ހޮވިފައިވަނީ އާއިޝަތު ރާހީ އަބްދުއްލަތީފްއެވެ.

މިރަސްމިއްޔާތުގައި ވާހަކަފު ދައަކަވުން ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު އެވިޑް ކޮލެޖްގެ ޗާންސެލާ ވަނީ ވަނަ ހާސިލް ކުރި ހުރިހާ ކުދީންނަށް މަރްހަބާ ދަންނަވާފައެވެ.އަދި ވިދާޅުވެފައިވަނީ ކަމެއް ހާސިލް ކުރަން އެކަމުގެ ޢަޒުމް ހިތުތެރޭގައި އޮވެގެން ގަދައަޅައި މަސައްކަތް ކޮށްފިނަމަ އެހުވަފެން ނުވަތަ އެއަޒުމް ހާސިލް ވާނޭކަމަށެވެ.

މިއަހަރުގެ އިނާމު ދިނުމުގެ ރަސްމިއްރާތުގެ ތީމްއަކީ ރޯޑް ޓްރެފިކްއެވެ.