English Edition
Dhivehi Edition
ކޮވިޑް-19 ވެކްސިން ދިނުން ސ. އަތޮޅު މަދަރުސާގައި ކުރިއަށްދަނީ - ފޮޓޯ: ހުޅުމީދޫ ޞިއްޙީ މަރުކަޒު

އައްޑޫ ސިޓީ ހުޅުދޫ އިން އިތުރު ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވެ ހުޅުދޫ މީދޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ 18 އަށް އަރައިފިއެވެ.

އައްޑޫ ސިޓީ ހުޅުދޫ މީދޫ އިން ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ދެ އަވަށް މޮނިޓަރިންއަށް ލާފައިވާއިރު ހުޅުމީދޫ ސިއްހީ މަރުކަޒުންވަނީ ޒަރޫރީ ބޭނުންތަކަށް ނޫން އެހެން ގޮތަކަށް ބޭރަށް ނުދިއުމަށާއި އެޗްޕީއޭގެ އެންގުންތަކަށް އަމަލުކުރުމަށް އިލްތިމާޒްކޮށްފައެވެ.

ހުޅުދޫ މީދޫގެ އިތުރުން އައްޑޫ ސިޓީގެ އެހެން އަވަށްތަކުންވެސް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ސިޓީއަށް އަރާ ފޭބުން މަނާކޮށްފައިވާއިރު މުޖްތަމައު ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރާއްޖެއިން އިއްޔެ އެކަނިވެސް 703 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެ ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ 7،607އަށް އަރާފައިވާއިރު އެޗްޕީއޭ އިން ފިޔަވަޅުތައް ހަރުކަށިކޮށް ކާފިއު އިއުލާންކޮށްފައެވެ.