English Edition
Dhivehi Edition

2021 މެއި 6 ވަނަ ދުވަހުގެރޭ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮވައި ރައްޔިތުންގެ މަޖިލިސް ރައީސް ، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާގެ ވަގުތުގައި ޝައްކުވި އެއްވެސް ކަމެއް ހިނގާފައިވާނަމަ އެކަން ޙިއްސާ ކޮށްދެއްވުމަށް ފުލުހުން އެދިވަޑައިގެންފިއެވެ.

މިޙާދިސާއާއި ގުޅޭ ގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައިވާގޮތުން މިފަދަ އެއްވެސް ޝައްކެއްވާނަމަ 9704000 ނަމްބަރުގެ ފޯނަށް ގުޅުއްވުމަށް އެދިވަޑައިގެންފައިވެއެވެ.

ރޭހިނގި ޙާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ ވަރަށް ޚާއްސަ އިސްކަމެއް ދީގެން މިޙާދިސާ ފުލުހުން ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ފޮރެންސިކް އެހީގެ ތެރެއިން އެސާވިސްއިން ލިބެންހުރި ވަސީލަތްތައް ބޭނުން ކުރުމުގެ އިތުރުން ތަހުގީގަށް އެހީތެރިވުމަށް މާދަމާގެ ވަގުތެއްގައި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަޖްރިބާކާރު 2 ބޭފުޅަކު ރާއްޖެވަޑައިގަންނަވާނެ ކަމަށާއި އަދި ޔޫއެންއޯޑިސީގެ ފަރާތުން ރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސި ވިލާތުގެ ފަންނީ 2 ބޭފުޅުން ގެ އެހީތެރިކަންވެސް މިޙަމަލާ ތަހުގީގު ކުރުމުގައި ލިބެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިޙާދިސާއާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ފުލުހުން ގެންދަވަނީ މިހާރު ތައްޔާރު ވަމުންނެވެ.