English Edition
Dhivehi Edition

މަރަދޫ ސްކޫލްއިން އިސްނަގައިގެން “ޕެރަޝުއިޓް ޖޮއިންޓް އެނުއަލް ޖޫނިއާ ކެޑޭޓް ކޭމްޕް 2017″ގެ ނަމުގައި ކޭމްޕެއް މަރަދޫ ސްކޫލްގައި ފަށައިފިއެވެ.

އިއްޔެ ފެށި މި ކޭމްޕްގައި މިއަހަރު 3 ސްކޫލްއަކުން 113 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި އަހަރު މި ކޭމްޕްގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ މަރަދޫ ސްކޫލްގެ އިތުރުން،ހިތަދޫ ސްކޫލް،ޝަރަފުއްދީން ސްކޫލް އަދި ފޭދޫ ސްކޫލެވެ.

ކޮންމެ އަހަރަކު ބާއްވަމުން ގެންދާ މި ކޭމްޕް މިދިޔަ އަހަރު ހުޅުދޫ ސްކޫލްގައި ބާއްވާފައިވާ އިރު މިދިޔަ އަހަރު ވަނީ އައްޑޫގެ ފަސް ސްކޫލްއަކުން ކޭމްޕްގައި ބައިވެރިވެފައެވެ.

މިކޭމްޕް ހުޅުވުމުގެ ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން މަރަދޫ ސްކޫލްގެ ފްރިންސިޕަލް އަބްދުލް ލަތީޕް އަލީ ވިދާޅުވެފައިވަނީ މިއަހަރު މަރަދޫ ސްކޫލްގައި ބާއްވާ ކޭމްޕް ވެގެންދާނީ ވަރަށް ތަފާތު ކޭމްޕެއް ކަމަށާއި ކުރިން ދެ ދުވަހުން ކުރާ ކަންތައް މިހާރު ކޭމްރޭވިފައިވާ ގޮތުން ތިން ދުވަހުން ކުރުމަށް ކުދިންނަށް މަގުފައިވެގެންދާނެކަމަށެވެ.

ޕްރިންސިޕަލް އިތުރަށް ވިދާޅުވެފައިވަނީ މިއަހަރުގެ ކޭމްޕްގައި އެންމެ މޮޅު 10 ކެޑޭޓުން ހޮވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަހަރު މަރަދޫ ސްކޫލްގައި ބާއްވާ ޕެރަޝުއިޓް ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރ އިން 23 ސެޕްޓެމްބަރުގެ ނިޔަލަށެވެ.