English Edition
Dhivehi Edition

ލިޔުނ: މުޙައްމަދު ހިޒްޔަމް ޙާމިދު/

މައިލޯ އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގައި މިއަދު މަރަދޫފޭދޫ ސްކޫލާއި ޝަމްސުއްދީން ސްކޫލް ވާދަކުރި މެޗް، ޝަމްސުއްދީން ސްކޫލް ކާމިޔާބު ކޮށްފިއެވެ.

ޝަމްސުއްދީނުން މި މެޗް ކާމިޔާބުކޮށްފައިވަނީ 15-1ގެ ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ޝަމްސުއްދީން ސްކޫލުގެ ފަރާތުން ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި ޝަމްސުއްދީން ސްކޫލުގެ ޖާޒީ ނަންބަރު 7، ސައްޔާދު ހަސަން ޑަބަލް ހެޓްރިކު ހަދައިފައިވާ އިރު، ޓީމުގެ ކެޕްޓަން މާރިސް ޝަފީޤު ވަނީ 3 ގޯލު ޖަހައި، ހެޓްރިކެއް ހަދާފައެވެ. މި މެޗުގައި ޝަމްސުއްދީން ސްކޫލަށް މާއިޝް އަޝްރަފު، 1 ގޯލް، ހާމް ހަސީބް، 2 ގޯލް، ހުޒައިމް އަލީ 1 ގޯލް، އަޒްވަން 1 ގޯލް، އަދި މާއިސް 1 ގޯލް، ވަނީ ޖަހައިދީފައެވެ.

މެޗުން ހޯދި މޮޅު ކާމިޔާބީއަށް ފަހު ސްކޫލް މީޑިއާ އަށް މައުލޫމާތު ދެމުން ޝަމްސުއްދީން ސްކޫލް ޓީމުގެ ގޯލް ކީޕަރު ލިވާޒް ނުއުމާން ބުނީ މިއަދުގެ މެޗަށްފަހު ދެން އޮތީ ފައިނަލަށް ތައްޔާރު ވުން ކަމަށެވެ. ” ދެން އޮތީ ފައިނަލަށް ފޯކަސް ކުރުން. އެއީ ކޮންމެއަކަސް އަހަރެމެންނަށް ވަރަށް މުހިންމު މެޗެއް. އެ މެޗަށް ވަރަށްވެސް ބޮޑަށް ތައްޔާރު ވާން ޖެހޭ ” ލިވާޒް ބުންޏެވެ.

މި މުބާރާތުގެ ފައިނަލަށް ޝަމްސުއްދީން ސްކޫލް ދަތުރުކޮށްފައިވާ އިރު، ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ޝަރަފުއްދީން ސްކޫލާއެވެ. މި މެޗު އޮންނާނީ މި ހަފްތާގެ ހޮނިހިރު ދުވަހު، އައްޑޫ ސްޓޭޑިއަމްގައެވެ. މި މެޗުގައި ޝަމްސުއްދީން ސްކޫލަށް ސަޕޯޓުކުރަން ވީހާވެސް ގިނަ ސަޕޯޓަރުން އައުމަކީ އެ ޓީމުގެ އެދުމެކެވެ.

1 ކޮމެންޓް
anonymous
އޮގަސްޓް 22, 2017
inter house ah nuney .inter school.