English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫ ސްކޫލުގެ ޕްރިފެކްޓް ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް ‘ގަނާކުރުމާއި ދެކޮޅަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.

އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން، ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، ގަނާކުރުމަކީ ކޮބައިކަން، ސްކޫލު މާހައުލުގައި ގަނާކުރުމުގެ ސަބަބުން ދިމާވާ މައްސަލަތައް އަދި އެފަދަ މައްސަލަތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމާ ގުޅެގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.އަދި ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރާނެގޮތާއި ސަމާލުކަންދޭންވީ ކަންކަން، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ސަލާމަތްވުމާއި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ސިއްރުނުކޮށް ބެލެނިވެރިންނާއި ހިއްސާކުރުމަށް މައުލޫމާތު ދީފައިވެއެވެ.

މި މަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސެޝަނުގައި އެ ސްކޫލުގެ 32 ޕްރިފެކްޓުން ބައިވެރިވެފައިވާއިރު، އެ ދަރިވަރުންގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނުގައި، ދަރިވަރުން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަން، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތައް އަދި އެފަދަ ކުށްތަކުން ދަރިން ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަރިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން އެކަން މޮނީޓަރުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންނަށް މައްސަލަ ރިޕޯޓް ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.