English Edition
Dhivehi Edition

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާ ގުޅިގެން އެމަނިކުފާނަށް ފަރުވާ ދިނުމަށް އޭޑީކޭގައި މިހާތަނަށް ކުރިއަށް ގެންދިޔަ ސަރޖަރީތައް ކާމިޔާބުކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭއިން 3 ސަރޖަރީއެއް ކުރިއަށް ގެންގޮސްފައިވާކަމަށް މައުލޫމާތު ލިބޭއިރު، މިއަދު އޭޑީކޭއިން ކުރި ޓްވީޓެއްގައި ހުރިހާ ސަރޖަރީއެއް ވެސް ކާމިޔާބުކަން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އަދި ކުރިއަށް ގެންދަންޖެހޭ މުހިއްމު އެއް ޕްރޮސިޖަރ ބާކީ އޮތްކަން އޭޑީކޭއިން ފާހަގަކޮށްފައިވާއިރު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭޑީކޭއިން ހާމަކޮށްފައެއް ނުވެއެވެ.

  1. މި ހަމަލާ އަކީ ރޭ 8:30 އެހާކަންހާއިރު ރައީސް ނަޝީދުއަށް އަމާޒުކޮށްގެން ދެވުނު ލާއިންސާނީ އަމަލެކެވެ. މި ހަމަލާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ ތަހުގީގު ކުރަމުންނެވެ.