English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހުޅުދޫ މީދޫ ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލުވެގެން ހުންނެވި އިބްރަހިމް ދީދީ ވިދާޅުވީ ޕޮޒިޓޮޮވް ވެފައިވާ ދެމީހުންނަކީ ވެސް ނިއުލައިންބޯޓު ކްލަސްޓާ އާއި ގުޅުން ހުރި ދެމީހުން ކަމަށް ލަފާވާކަމަށެވެ.

ހުޅުދޫ މީދޫގައި ޕޮޒިޓިވް ކޭސްތައް ފެންނަމުން ދާތީ މިވަގުތު ރަށް މޮނިޓަރިންގ އަށްލައި ވަނީ ރެންޑަމް ސާމްޕަލްވެސް ނަގަން ފަށާފައެވެ. އަދި އެންމެ ފުރަތަމަ ފެނުނު 14 ކޭސްތަކުގެ ކޮންޓެކްޓުންގެ ސާމްޕަލް ނަގާފައި ވާއިރު އެ 73 ސާމްޕަލްވެސް ވަނީ ނެގެޓިވް ވެފައެވެ.

މިދަނޑިވަޅުގައި ހުޅުދޫ އަދި މީދޫ ގެ ރައްޔިތުން ޒަރޫރީ ބޭނުންތަކުގައި ނޫނީ ގެއިން ނުނިކުމެ ތިބުމަށް އިބްރާހިމްދީދީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިރޭގެ ދެ ޕޮޒިޓިވް ކޭސް އާއެކު ހުޅުދޫ މީދޫއިން ޕޮޒިޓިވްވީ އަދަދު މިހާރުވަނީ 16 އަށް އަރާފައެވެ.