English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މި މީހާ އަކީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން 5 މޭ 2021 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު މީހެކެވެ،

ފުވައްމުލައް ހޮސްޕިޓަލް ބުނީ މި މީހާއަކީ ފާއިތުވި ދުވަސްތަކުގައި ދަތުރެއްކޮށް ނުވަތަ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީނުވެފައިވާ މީހެއް ނޫންކަމަށެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެ ސިޓީގެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އެ ސިޓީގެ ރައްޔިތުން ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ދެމުން ގެންދާ އިރުޝާދުތަކަށް އަމަލު ކުރުމަށް އިލްތިމާޒުކޮށްފައެވެ.