English Edition
Dhivehi Edition
އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އީޕީއޭ - ފޮޓޯ: އަޙްމަދު ރިޔާޒް (ގޫގުލް މެޕްސް)

ހަތަރު ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް މެދުވެރިކޮށް، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން – ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.ސީ.އީ.ޕީ) ދަށުން، ޒޯން 4 އަދި 5 ގައި ހިމެނޭ ވަންދޫ، ދ. ރިނބުދޫ، ފ. މަގޫދޫ އަދި ލ. މާމެންދޫގައި ޤާއިމުކުރެވިފައިވާ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ރެޖިސްޓަރ ކުރަންވާނެ ކަމަށާއި، ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 23 މެއި 2021 ގެ 14:00 ގެ ނިޔަލަށް އިޢުލާނު ނަންބަރާއި، ޕްރޮޖެކްޓް ނަން، ރެޖިސްޓަރ ވާން އެދިލައްވާ ފަރާތުގެ ނަން، ކުންފުނީގެ ރެޖިސްޓްރޭޝަން ނަމްބަރ އަދި ގުޅޭނެ ނަންބަރު ބަޔާންކޮށް އީ-މެއިލް ([email protected]) މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

މި މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 25،000.00 ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރާ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDAކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން – 1 ޖުލައި 2016 ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.

އެ ބީލަމާއިގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޚުން ފެށިގެން 23 މެއި 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެހެއް ކަމަށްވާ [email protected] އަށް އީމެއިލް ކޮށްގެން ކަމަށާއި، މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައި ވެއެވެ.

އެ މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 09 މެއި 2021 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެހެންކަމުން ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އިލެކްޓްރޯނިކް ޛަރީޢާއަކުން ހުށަހެޅޭ ބީލަންތައްތައް ބަލައި ނުގަނެވޭނެ ކަމަށާއި، ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ބީލަންތައް ހުޅުވުން އޮންނާނީ 06 ޖޫން 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ބީލަންތައް ހުށަހަޅާފަރާތްތަކުގެ މަންދޫބުންގެ ހާޟިރުގައި އެންވަޔަރަންމަންޓް މިނިސްޓްރީގައެވެ.