English Edition
Dhivehi Edition

މަޑަވެލި ރީކްރިއޭޝަން އެންޑް ސްޕޯޓްސް އާއި ކާއްޑޭ ސްޕޯޓްސް އެކެޑަމީ ގުޅިގެން މިމަހުގެ 27 އިން ފެށިގެން ކުރިޔަށްދާ ރޮނާކަޕް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު އެފްސީ ލެޖެންޑް ކާމިޔާބުކޮށް ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ.

ސެމީފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރީ”އެފްސީ ލެޖެންޑް” އަދި “އެފްސީ ބެންފިކާ”އެވެ. މި މެޗު 4-5 އިން ކާމިޔާބުކުރީ ވީ އެފްސީ ލެޖެންޑްއެވެ. މި މެޗުގައި އެފްސީ ލެޖެންޑްގެ ނާއިފް ޝަފީގްގެ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ފެނިފައިވެއެވެ. 4 ލަނޑުޖަހައި މި މެޗުގެ މޮޅުކުޅުންތެރިޔަކަށްވެސް ހޮވުނީ ނާއިފް ޝަފީގް(ސީ.އާރު.3)އެވެ.

މި މުބާރާތުގެ ފައިނަލްމެޗް މާދަމާ 5 މޭ ވާ ބުދަ ދުވަހުގެރޭ 21:00 ކުޅޭގޮތަށްވަނީ ހަމަ ޖެހިފައެވެ. ބައްދަލު ކުރާނީ އެފްސީ ލެޖެންޑް އަދި ވީ ކަންމަތި އެފްސީ އެވެ. މި މުބާރާތަކި ދިވެހި ފުޓްބޯޅައިގެ ލިވިންގް ލެޖެންޑް އާދަމް ޟަރީފް (ރޮނާ) މަޑަވެލި ދާއިރާއަށް އަމާޒުކޮށްގެން ބޭއްވި މުބާރާތެކެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއްވަނީ ހުށަހެޅިފައެވެ. މީގެ އެހެން މުބާރާތެއް ދެން އަންނަ އަހަރެއްގައިވެސް ބާއްވާނެކަމުގެ ފެހި ސިގްނަލެއް ރޮނާ ދެއްވިއެވެ. ރޮނާ އަކީ ކުޅުންތެރިޔެއްގެ އިތުރުން ފީފާ ގްރާސްރޫޓް ކޯޗެއްވެސްމެއެވެ.

މި މުބާރަތުގެ މެއިން ސްޕޮންސަރ އަކީ ސަޓާ ބޭކަރީއެވެ. އަދި މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސްއެވެ.