English Edition
Dhivehi Edition

ފެނަކަ ކޯޕަރޭޝަންގެ ގދ. ތިނަދޫ ބްރާންޗުން އެކުންފުނިން ދެމުންގެންދާ ޚިދުމަތްތަކަށް އޮންލައިން ޓްރާންސްފަރ ޚިދުމަތް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައި މިވަނީ ގދ. ތިނަދޫގައި ކޮވިޑް-19ގެ ބަލި ފެނި އެރަށް މޮނިޓަރިންގ ހާލަތަކަށް ގެނެވިފައި ވުމާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ މި ދަނޑިވަޅުގައި، ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނާއި ޚިދުމަތް ހޯއްދަވާ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

  • ފެނަކަ ކޯޕަރޭޝަންގެ ގދ. ތިނަދޫ ބްރާންޗު؛
  • ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރު: 7710701278001
  • ވައިބަރ ނަންބަރު: 9773174

އޮންލައިންކޮށް ޓްރާންސަފަރ ކުރައްވާއިރު ރިމާރކްސް ގައި ފައިސާ ދައްކަން ބޭނުންފުޅުވާ ސަބްސްކްރިޕްޝަން ނަންބަރާއި ބިލް ނަންބަރު ޖެއްސެވުމަށް ސަމާލުކަން ދެއްވުމަށް އެކުންފުނިން ވަނީ އެދިލައްވާފައެވެ. އަދި ޓްރާންސްފަރ ސްލިޕް ކަނޑައެޅިފައިވާ ފޯން ނަންބަރަށް ވައިބަރ ކުރެއްވުމަށް ވެސް އެކުންފުނިން އިރުޝާދު ދެއްވައެވެ.