English Edition
Dhivehi Edition

އަހަރީ ޗުއްޓީ ކައިރި ވަމުން އަންނައިރު ކޮންމެ މީހަކުވެސް ވިސްނަމުންދާނީ ޗުއްޓީ ހޭދަކޮށްލާނެ ގޮތަކާއި މެދުގައެވެ. ދަރިންނާއި އާއިލާ އާއިއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލާގެ ގޮތަކާއި މެދުގައެވެ. އެއްބަޔަކު އެކި ތަންތަނަށް ދަތުރު ދިޔުމަށް ތައްޔާރުވަމުން ދެއެވެ. ޓިކެޓްތައް ބުކިން ހަދަމުން ދާއިރު ދާނެ ތަނަކާއި މެދު މަޝްވަރާކުރުން ކުރިއަށް އެދެއެވެ.

ފްލައެޓް ބުކިން ހަދަމުންދާއިރު އެންމެންވެސް ބަލަނީ ފެއަރ ޓިކެޓެއް ލިބޭތޯ އެވެ. އަގުހެޔޮކޮށް ޓިކެޓެއް ލިބޭތޯއެވެ. އެހެންކަމުން އަގުހެޔޮ ޓިކެޓެއް ހޯދާ މީހުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. ދުނިޔޭގެ އެންމެ އަގުހެޔޮ ފްލައިޓް ޓިކެޓުގެ ވާހަކައެވެ. އެފްލައިޓްގެ އެއްކޮޅު ދަތުރުގެ އަގަކީ 11 ޑޮލަރެވެ. އެއީ 169.62 ރުފިޔާއެވެ. އަދި އެއީ ވަރސޯ އިން ބުރުސެލްސް އަށް ކުރާ ދަތުރެކެވެ. އެހެންގޮތަކަށް ބުނާނަމަ ޕޮލޭންޑް އިން ބެލްޖިއަމް އަށެވެ. މިދަތުރުގެ ދިގުމިނަކީ 2 ގަޑިއިރެވެ. އަދި 721 މޭލަށް ދަތުރު ކުރަން ޖެހެއެވެ.

މިދަތުރު ކުރުމަށް ބޭނުންނަމަ ރައިނެއަރ އެއަރލައިން އިން ޓިކެޓެއް ނަގަންވީއެވެ. އޮންލައިންކޮށްވެސް ޓިކެޓް ނެގޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިދަތުރަށްވާ 11 ޑޮލަރަކީ އެއްވެސް ޑިސްކައުންޓަކާއި ފެއަރ އެއް ނުހިމެނޭގޮތަށް ހިމަނާފައިވާ އަގެކެވެ.

މިފްލައިޓްއަކީ ޔޫރަފްގައި އޮޕަރޭޓްކުރާ އެއަރ ލައިންއެކެވެ. އެގޮތުން 43 އެއަރ ކްރާފްޓް ގެންގުޅޭއިރު 25 ޤައުމެއްގެ 97 މަންޒިލަކަށް ދަތުރުކުރެއެވެ. އަދި މި އެއަރލައިންގެ މައި އިދާރާ ހުންނަނީ ލަންޑަނުގައެވެ.

މިއެއަރލައިން ވަނީ ދުނިޔޭގެ އެންމެ އަގުހެޔޮ ފްލައިޓް ދަތުރުގެ އަގު ގިނަ ދުވަސްތަކެއް ވަންދެން ދަމަހައްޓާފައެވެ. އަދި އެގޮތުގައި ދެމިތިބޭނެކަމުގެ ޔަޤީންކަން އެއަރލައިންގެ ކަސްޓަމަރުނަށް ދޭކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ.

ރައިނެއަރ އެއަރލައިން އިން އަގުހެޔޮކޮށް ޓިކެޓް ވިއްކަމުންދާތީ އެހެން އެއަރ ލައިންތަކުގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ. ޙާއްސަކޮށް ބަޖެޓް ފްލައިޓްތަކުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.