English Edition
Dhivehi Edition

މަޑަވެލި ރީކްރިއޭޝަން އެންޑް ސްޕޯޓްސް އާއި ކާއްޑޭ ސްޕޯޓްސް އެކެޑަމީ ގުޅިގެން މިމަހުގެ 27 އިން ފެށިގެން ކުރިޔަށްދާ ރޮނާކަޕް ފުޓްސަލްމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ފަސޭހަކަމާއެކީ ވީ ކަންމަތި އެފްސީ ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފިއެވެ.

ސެމީފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ”ވީ ކަންމަތި އެފްސީ” އަދި “އެފްސީ ބެންފިކާ”އެވެ. މި މެޗު 4-1 އިން ކާމިޔާބުކުރީ ވީ ކަންމަތި އެފްސީއެވެ. ވީ ކަންމަތީގެ ފަރާތުން ހުނަރުވެރި މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ނަސީފް ހަސަން02)ހުސައިން އަބްދުﷲ (1) ޒަމްއަތު މުހައްމަދު ވަހީދު 1 ލަނޑެވެ. މި މެޗުގެ މޮޅުކުޅުންތެރިޔަކީ ވީ ކަންމަތި އެފްސީގެ ޒަމްއަތު މުހައްމަދު ވަހީދުއެވެ. ބެންފިކާގެ ހަމައެކަނި ލަނޑުޖަހައިދިނީ އެޓީމްގެ ސާއިން އަސްލަމްއެވެ.

މި މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗު މިރޭ 21:00 ގައި މަޑަވެލީ ފުޓްސަލް ގްރައުންޑްގައި ކުޅެވޭނެއެވެ. ބައްދަލު ކުރާނީ އެފްސީ ލެޖެންޑް އަދި އެފްސީ ބެންފިކާއެވެ. މުބާރާތުގެ ގަވާއިދު ބުނާގޮތުން ސެމީފައިންލަށް ދަތުރުކުރާނީ ލީގް އުސޫލުން މުބާރާތުގެ ހުރިހާ މެޗެއް ކުޅެ ނިމޭއިރު 1ވަނަ 2ވަނަ އަދި 3ވަނަ ޓީމަށެވެ. ސެމީފައިންލް ފުރަތަމަމެޗުގައި ކުޅޭނީ ލީގުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީފައިނަލްގެ ދެވަނަ މެޗުގައި ކުޅޭނީ ސެމީފައިނަލްގެ ފުރަތަމަ މެޗުން ބަލިވާ ޓީމާއި ލީގުގެ 3ވަނަ ޓީމެވެ. ރޮނާ ކަޕް 2021 ގެ ލީގް ކުޅެނިމުނުއިރު 1ވަނަ ޓީމަކީ އެފްސީ ބެންފިކާއެވެ. 2 ވަނަ ޓީމަކީ ވީކަންމަތި އެފްސީއެވެ. 3 ވަނަ ޓީމަކީ އެފްސީ ލެޖެންޑްއެވެ.

މި މުބާރަތުގެ މެއިން ސްޕޮންސަރ އަކީ ސަޓާ ބޭކަރީއެވެ. އަދި މީޑިއާ ޕާޓްނަރ އަކީ އޭއޯ ނިއުސްއެވެ.