English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ގދ. ތިނަދޫއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 28 އަށް އަރައިފިއެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތިނަދޫއިން 05 މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ.

ގދ. ތިނަދޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފުރަބަންދު ފުރިހަމަކުރި 04 މީހުންނާއި، ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްުންގެ ގޮތުގައި ފާހަގަކުރެވުނު 15 މީހުންނާއި، ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން 03 މީހުންނާއި، ސަރވައިލެންސް (ޖަޒީރާ ބޯޓު)ގެ 06 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.

ގދ. ތިނަދޫ އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ތިނަދޫއިން 383 ސާމްޕަލް ނަގާފައިވާއިރު އޭގެތެރެއިން 26 ސާމްޕަލެއްގެ ނައްސި ނަތީއްޖާ ލިބި 357 ސާމްޕަލްގެ ނަތީއްޖާ ލިބިފައެއް ނުވެއެވެ.

މިވަގުތު ގދ. ތިނަދޫގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު ވަނީ 28 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ވެކްސިންގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ގދ. ތިނަދޫއިން 1،077 މީހުން ފުރަތަމަ ޑޯޒް އަދި 3،571 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

ގދ. ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް މިމަހުގެ 24 ވަނަ ދުވަހު އެރަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ.