English Edition
Dhivehi Edition

މަޑަވެލި ރީކްރިއޭޝަން އެންޑް ސްޕޯޓްސް އާއި ކާއްޑޭ ސްޕޯޓްސް އެކެޑަމީ ގުޅިގެން މިމަހުގެ 27 އިން ފެށިގެން ކުރިޔަށްދާ ރޮނާކަޕް ފުޓްސަލްމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު މިރޭ ކުޅޭނެއެވެ.

މުބާރާތުގެ ގަވާއިދު ބުނާގޮތުން ސެމީފައިނަލަށް ދަތުރުކުރާނީ ލީގް އުސޫލުން މުބާރާތުގެ ހުރިހާ މެޗެއް ކުޅެ ނިމޭއިރު 1ވަނަ 2ވަނަ އަދި 3ވަނަ ޓީމަށެވެ. ސެމީފައިނަލް ފުރަތަމަމެޗުގައި ކުޅޭނީ ލީގުގެ އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީފައިނަލްގެ ދެވަނަ މެޗުގައި ކުޅޭނީ ސެމީފައިނަލްގެ ފުރަތަމަ މެޗުން ބަލިވާ ޓީމާއި ލީގުގެ 3ވަނަ ޓީމެވެ. ރޮނާ ކަޕް 2021 ގެ ލީގް ކުޅެނިމުނުއިރު 1ވަނަ ޓީމަކީ އެފްސީ ބެންފިކާއެވެ. 2 ވަނަ ޓީމަކީ ވީކަންމަތި އެފްސީއެވެ. 3 ވަނަ ޓީމަކީ އެފްސީ ލެޖެންޑްއެވެ.

މި މުބާރާތުގެ ދެމެޗެއް ރޭގައި ކުޅެވުނެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ”ވީ ކަންމަތި އެފްސީ” އަދި “އެފްސީ ބެންފިކާ”އެވެ. މިމެޗު 4-5 އިން ކާމިޔާބުކުރީ އެފްސީ ބެންފިކާއެވެ. މި މެޗުގެ މޮޅުކުޅުންތެރިޔަކީ އެފްސީ ބެންފިކާގެ ސާއިން އަސްލަމްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ “އެފްސީ ޖާގަ ނުލިބޭ” އަދި “ގަރާގް އެފްސީ”،އެވެ. މިމެޗު 8-2 އިން ކާމިޔާބުކުރީ ގަރާޖް އެފްސީއެވެ. މޮޅުކުޅުންތެރިޔަކީ ގަރާޖް އެފްސީގެ އުމުރުން 12 އަހަރުގެ މުހައްމަދު އައިޝް އެވެ.