ގދ.ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ގެޔަކަށް މީހަކު ވަނުމުން ޖޫރިމަނާ ކޮށްފިއެވެ.
އާންމު ރައްޔިތަކު ހުށަހެޅި ޝަކުވާ އަކާއި ގުޅިގެން ފުލުހުންނާއި ކައުންސިލުން އެގެއަށް ދިޔައިރު ކަރަންޓީނު ކޮށްފައި ހުރި ގޭގައި އެމީހާ ހުރި ކަމަށް އޭއޯ ނިއުސް އަށް މައުލޫމާތު ލިބެއެވެ. މި މައްްްްްްްްްްްސަލަަައިގައި އެގެއަށް ވަތް މީހާ އާއެކު ކަރަންޓީނުގައި ތިބި މީހުންްވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ.
ގދ. ތިނަދޫ ވަނީ މިވަގުތުވެސް މޮނިޓަރިންގެ ހާލަތުގައެވެ. ގދ. ތިނަދޫއިން ކޮވިޑް-19 އަށް ފައްސިވެފައިވަނީ 22 އެޕްރީލް ގައި ހޯމް ކަރަންޓީން ފުރިހަމަކުރި 02 ފަރާތަކާއި އެ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވި އިތުރު 2 ފަރާތެކެވެ. މިވަގުތު އެކްޓިވް ކޭސް 4 އެއް ތިނަދޫގައި ވާއިރު ކޮންޓެކް ޓްރޭސިންގް މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. އެކްޓިވް ކޭސް ތަކާއި އެކު ތިނަދޫގައި ކައުންސިލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު ތަކެއްވެސް އަޅާފައެވެ. އެގޮތުން ކަސްރަތު ކްލާސް ތަކާއި، ޖިމް ، ކުޅިވަރު ކޯޓުތަކާއި ކުޑަކުދިން ޕާކް ، މިއުޒިއަމް ޕާކް މިވަނީ ބަންދު ކޮށްފައެވެ. އަދި އެއަރޕޯޓްގެ ޑިއުޓީތަކަށް މީހުން ދިޔުމާއި އައުން މަޑުޖައްސާފައި ވާއިރު ރޯދަ ވީއްލުމަށް ގޭގެއަށް ދިއުމާއި ރެސްޓޯރަންޓް ތަކުގައި އާއިލީ ރޯދަވީއްލުންވެސް ވަނީ މަނާ ކޮށްފައެވެ. މޮނިޓަރިންގެ ހާލަތު ނިމެންދެން ކޮލެޖް އަދި ސްކޫލް ތައް އޮންލައިންކޮށް ކިޔަވަން އަންގާފައިވާއިރު މިސްކިތައް ވަޑައިގަންނަވާއިރު މާސްކް އެޅުމާއެކު އަމިއްލަ މުސައްލަ ހިފައިން ދިޔުންވަނީ އިލްތިމާސް ކޮށްފައެވެ. އަދި މާސްކް އަޅައިން އުޅުން ވަނީ އިލްތިމާސް ކޮށްފައެވެ.