English Edition
Dhivehi Edition

ކ. ދިއްފުށީ ފަޅުތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ދިއްފުށީ ފަޅުތެރޭގައި މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:15 ހާއިރުކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑު ދިއްފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ އިރު އޭނާގެ މަރާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ.

ޓެގު