English Edition
Dhivehi Edition
އދ.ދިގުރަށް

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑާމެދު ގޮތެއް ނިންމަން އާއިލާއާ މަޝްވަރާކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑީއާ އަށް ފޮނުވި މެސެޖެއްގައި ބުނީ ދިގުރަށު ކުނިގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑާ މެދު ގޮތެއް ނިންމުމަށް އާއިލާއާއި މަޝްވަރާ ކުރަމުން އަންނަކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މަހުގެ 3 ވަނަ ދުވަހު ހެނދުނު ދިގުރަށު ކުނިގޮނޑުން އެ ކުއްޖާ ފެނުނު އިރުވެސް ނިޔާވެފައިވާއިރު، އެ މައްސަލައާ ގުޅިގެން ސްރީލަންކާ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު އަނބުރާ މާލެ ގެނެސްފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

ޓެގު