English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ކ.ދިއްފުށީގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގއ.ވިލިގިނލީ މީހަކު، ދިފުށްޓަށް ގޮސް އެ ރަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކޮށް ދިއްފުށީގެ ބަޔަކު ވަނީ އެމީހާ އަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. މި މައްސަލަ އާއި ގުޅިގެން ދެ ރަށުގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާއިރު ވިލިގިނލީ ރައްޔިތުން ވަނީ ވިލިގިނލީ މީހާއަށް، އަނިޔާކުރި މައްސަލައިގައި ޝާމީލްވާ މީހުން ހައްޔަރުކުރުމަށް ގޮވާލާ މުޒާހަރާވެސް ކޮށްފައެވެ.

ދިއްފުށީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ދިއްފުށީގައި 14 އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ހެކި ތަހުގީގަށް ލިބިފައިވާ ކަމަށެވެ. ކުޑަކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ޖެންޑާ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.