English Edition
Dhivehi Edition

ވަޒީފާއެއް ހޯދުމަކީ އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. ހާއްސަ ކޮށް ވަޒީފާއެއް އޮތީ ކޮންތާކުތޯ؟ ތިމާ ބޭނުން ވަޒީފާއެއްގެ މަޤާމް އެތަނަކުން ހުސްވާނީ ކޮންއިރަކުތޯ މީ ވަޒީފާއެއް ބޭނުންވާ ފަރާތް ތަކެއްގެ ކަންބޮޑު ވުމެކެވެ. ވަޒީފާ އެއް ހޯދަން ރައްޓެއްސެއް ކައިރީ ބުނެ، އާއިލާ ކައިރީ ބުނެ ޝޯޝަލް މީޑިޔާ ހާވާ ނިމޭއިރު އޮންނަނީ ވަޒީފާ އެކްސްޕަޔަރ ވެފައެވެ. ޖޮބް ސެންޓަރގެ އެޑްވަޓައިސްމަންޓް ތަކުން މިކަންބޮޑުވުން ތަކާއި އެކު މިކަމަށް ހައްލެއްވެސް އޮތްކަން އެބަ ދައްކުވާދެވެ.ވަޒީފާއެއް ހޯދަން އިއުލާންތައް ހާވަންވެސް ނުޖެހެއެވެ. https://jobcenter.mv/dv ޖޮބް ސެންޓަރ އެމްވީ ވެބްސައިޓްއިން ފުދެއެވެ.

ޖޮބް ސެންޓަރ ތައްޔާރު ކުރެވި ފަރުމާ ކުރެވިގެން ގޮސްފައިވަނީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ ހޯދާ ފަރާތް އެއްތަނަކުން ޕޯޓަލް ގައި ރެޖިސްޓަރ ވުމަށްފަހު ދިމާވާނެ ގޮތަކަށެވެ.އީފާސް މެދުވެރިކޮށް ޖޮބް ސެންޓަރ އަށް ލޮގިންން ވުމުން ހުސްވެފައިވާ ވަޒީފާގެ އިއުލާން ތައް ފެނެއެވެ. އަދި ވެބްސައިޓް ތެރެއިން އެވަޒީފާ އަކަށް ފޯމް ހުށަހެޅެއެވެ. ވަޒީފާދޭ ފަރާތްތަކަށް ފަސޭހަ ކަމާއި އެކު އެޕްލިކޭޝަންތައް ލިބި، ވަޒީފާގެ މާޙައުލުގެ ފުރަތަމަ ހަރުފަތް ކަމަށްވާ އިންޓަރވިއު އަށް ވަޒީފާއަށް ހުށެހެޅި ފަރާތައް ގުޅައެވެ.

އީފާސް މެދުވެރިކޮށް ޖޮބް ސެންޓަރގެ ވަޒީފާތަކަށް އެދިލެއްވުމަށް އީފާސް އެކައުންޓެއް ބޭނުންވެއެވެ.އީފާސް އެކައުންޓެއް ހެއްދެވުމަށް ލޮގިންގ ވާން efas.egov.mv އަށް ގޮސް ކްރިއޭޓް އެކައުންޓައް ފިއްތާލާށެވެ. ވެރިފިކޭޝަން ސްކްރީންގައި އައިޑީކާޑު ނަމްބަރ އަދި އައިޑީކާޑު ސީރިއަލް ނަމްބަރ ޖަހާލައި ކޮންޓިނިއުއަށް ފިއްތާލާށެވެ. އައިޑީކާޑުގެ ސީރީލް ނަމްބަރ އިންނާނީ އައިޑީ ކާޑު ފަހަތު ގައެވެ. ވޯކް ޕާރމިޓް ހޯލްޑަރ އެެއް ނަމަ ޖަހަން ޖެހޭނީ ވޯކް ޕާރމިޓް ނަމްބަރ އަދި ޕާސްޕޯޓް ނަމްބަރ އެވެ. ޔޫސަރ ރެޖިސްޓްރޭޝަން އަށް ބޭނުންވާ މަޢުލޫމާތު ފުރިހަމަކުރުމުން، ރެޖިސްޓަރ ކުރި ފޯނަށް އެކްޓިވޭޝަން ކޯޑެއް ލިބޭނެއެވެ.މިކޯޑް ޖަހައި އެކްޓިވޭޓްއަށް ފިއްތާލުމަށްފަހު އެކްޓިވޭޝަން މެއިލްގައި ކޮންފާރމް ޖަހާލުމުން އީފާސް އެކްޓިވޭޓް ވެއެވެ.އީފާސް މެދުވެރިކޮށް ވަޒީފާއަށް އެޕްލައިކޮށް، ވަޒީފާގެ ސްޓޭޓަސްތައް ބަލާ، އަދި ސަރުކާރުގެ އިތުރު ޕޯޓަލް ތަކުގެ ބޭނުން ކުރެވެއެވެ.

ޖޮބް ސެންޓަރ އަކީ ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާހޯދާ ފަރާތްތަކަށް، ފަސޭހަކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިބެންހުރި ވަޒީފާތަކުގެ މައުލޫމާތު ޝާއިޢުކޮށް، އެ ވަޒީފާތަކަށް ކުރިމަތިލެވޭ ގޮތަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެގުމާއެކު ފަރުމާކުރެވިފައިވާ ނިޒާމެކެވެ. ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކުގެ ހުނަރު، ތަޖްރިބާ އަދި ބޭނުންވާ ވަޒީފާގެ ފުރުސަތުތަކުގެ މަޢުލޫމާތު ފަސޭހަކަމާއެކު ލިބެންހުރެއެވެ.މީގެ އިތުރުން، ތަމްރީން ޕްރޮގްރާމްތަކާއި ކޯސްތަކުގެ މަޢުލޫމާތުވެސް ޖޮބް ސެންޓަރު މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ޖޮބް ސެންޓަރ އިން ބުނެއެވެ.