English Edition
Dhivehi Edition

އިންޑިޔާގެ ޓްރިވެންޑްރަމަށް ގޮސް ހުރި އައްޑޫ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ސ. ހިތަދޫ ގޯޔާވިލާ އުމުރުން 87 އަހަރުގެ އަބްދުﷲ މަނިކުފާނެވެ.

ގިނަ އަދަދެއްގެ ދިވެހިން ގޮސް ތިބޭ ޓްރިވެންޓްރަމްގެ އައިޝް ހޮޓަލުގައި އާއިލާއާއެކު ގޮސް ހުރި އަބްދުﷲ މަނިކުފާނު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ އިރުއޮއްސި 6:00 ގައެވެ.

އަބްދުﷲ މަނިކުފާނުގެ ދަރިފުޅަކު “އޭއޯނިއުސް” އަށް މައުލޫމާތު ދެމުން ބުނީ މަންމަ އާއި ބައްފަ ގޭގައި ދެން ތިބި މީހުން ހޮސްޕިޓަލަށް ގޮސްފައި ތިއްބާ ބައްޕަ ބޭރަށް ނިކުމެގެން ދިޔައީ ކަމަށެވެ. އަދި ބައްޕަގެ އަތުގައި ކާކުކަން އަންގައިދޭ އެއްވެސް ލިޔުމެއް އަދި ފައިސާއެއް ވިޔަސް ނުހުންނާނެކަމަށެވެ.

އާއިލާއާއި ފުލުހުންނާ ގުޅިގެން މިހާރުއަބްދުﷲ މަނިކުފާނު ހޯދުމުގެ މަސައްކަތް ވަނީ ކުރަން ފަށާފައެވެ.