English Edition
Dhivehi Edition

ރަމަޟާން މަހަކީ ކުޑަ ކުދިންވެސް ވަރަށް ފޯރި އާއި އެކު ސުފުރާ މޭޒަށް ރޯދަ ވީއްލާ ގަޑިއަށް އަރަން ތައްޔާރުވާ މަހެކެވެ. އޭއޯ ރޯދައިގެބަދިގެ މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ރޯދަ ވީއްލާގަޑީގައި ހާއްސަ ކޮށް ކުޑަކުދިން ފޯރި ހުންނާނެ ކިޑްސް ސްޕެޟަލް ޑެވިލް ސޮސެޖް ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާނެތަކެތި:

1 ޕެކެޓް ސޮސެޖް

2 ފިޔާ

2 ރޯ ޓޮމާޓޯ

3 ކެޕްސިކަމް (ކަރުނަގާފައި)

⅓ ސަމުސާ މުގުރި އަސޭމިރުސް

½ ސައިސަމުސާ ލޮނުމެދު ޕޭސްޓް

½ ސައިސަމުސާ އަޖިނަމޮޓޯ

½ ޖޯޑު ޗިލީ ސޯސް

½ ޖޯޑް ޓޮމާޓޯ ސޯސް

ލޮނު

ކުކިންގް އޮއިލް

ތައްޔާރުކުރާނެގޮތް:

ސޮސެޖް ފިނި ކެނޑުމުން ހުރިހާ ސޮސެޖެއް ކޮންމެ ސޮސެޖެއް ކަތިކޮށް ދިގަށް ކޮށާލާށެވެ. އެއަށްފަހު އުނދުން މައްޗަށް ތަވައެއް އުނދާލުމަށްފަހު ތެޔޮފޮދެއް އަޅާފައި ތެޔޮކޮޅު ހޫނުވުމުން ފިޔާ، ރޯ ޓޮމާޓޯ، ކެޕްސިކަމް ބޮޑެތި ކޮށް ކޮށާލުމަށްފަހު އަޅާލާށެވެ. މަޑު ގިނީގައި ދޭފަތުން ހަލަމުން ކުޑަކޮށް ހަނާވުުމުން އަސޭމިރުސް، ލޮނުމެދު ޕޭސްޓް، އަޖިނަމޮޓޯ އަދި ރަހަލާ ވަރަށް ލޮނު ކޮޅެއް އަޅާލާށެވެ. ހުރިހާ ބާވަތެއް ރަހަހީފާ ވަރަށް ފިޔާކޮޅާ އެއްވުމުން ކޮށާފައި ހުރި ސޮސެޖް ތައް އަޅާލާށެވެ. ސޮސެޖް ތައް ރޯފިލުމުން ޗިލީ ސޯސް، ޓޮމާޓޯ ސޯސް އަޅާފައި ރަހަ ހިފާވަރު ވުމުން އުނދުންމަތިން ތަވާ ބާލާށެވެ. މީރު ވަހަކާ އެކު ކިޑްސް ސްޕެޟަލް ޑެވިލް ސޮސެޖް މިހާރު އެވަނީ ކާން ތައްޔާރުވެފައެވެ.