English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މިސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީ އަކީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ވަރަށް މީރު ފޮނިއެއްޗެކެވެ. “ބަނާނާ ކޭކް” އަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އަދި ރޯދަވީއްލާ ގަޑީގައި އިންސާފު ކޮށްލުމަށް އެންމެ ރަނގަޅު އެކައްޗެވެ. މިއަދުގެ މި ރެސިޕީ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

3 ބޮޑު ދޮންކެޔޮ (ވަރަށްބޮޑަށް ދޮންވެފައިވާ)

1/2 ޖޯޑު ބަޓަރ

1 ޖޯޑު ހަކުރު

2 ބިސް

1 1/2 ޖޯޑު ފުށް

1 މޭޒުމަތީ ސަމްސާ ބޭކިންގް ސޮޑާ

1 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑަރ

1/2 މޭޒުމަތީ ސަމްސާ ލޮނު

1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް

1 ޖޯޑު ހިކި މޭބިސްކަދުރު

ތައްޔާރުކުރާނެގޮތް:

އެންމެފުރަތަމަ ތަށްޓަކަށް ހަކުރު އަދި ބަޓަރ އަޅާފައި ހޭންޑްމިކްސަރަކުން ގިރާލާށެވެ. ދެން އެހެން ތަށްޓެއްގައި އުލަކުން ދޮންކެޔޮ ޗަސްކޮށްފައި އެއްކުރި ހަކުރު މިކްސްޗަރ ގެތެރެއަށް އަޅާފައި ބިސް ވެސް އެޅުމަށްފަހު އެއްކުރާށެވެ. ދެން ފުށް، ލޮނު، ބޭކިންގްސޮޑާ، ބޭކިންގ ޕަުޑަރ އަޅާފައި އެއްކުރާށެވެ. ފުށް ރަނގަޅަށް އެއްވީމާ ވެނީލާ އެސެންސް، ރެއިޒިން އަޅާފައި ރަނގަޅަށް އެއްކުރުމަށްފަހު ޓްރޭގައި ބަޓަރ ކޮޅެއް ހާކާލާފައި، ޓްރޭއަށް ތައްޔާރު ކުރި ބަނާނާ ކޭކް މިކްސްޗަރ އެޅުމަށްފަހު އަވަނަށްލައި 180ޑިގްރީގައި ރޯފިލަންދެން ފިހެލާށެވެ.