އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކޮވިޑް ވެކްސިން ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ދިނުމަށް އަލުން ހުޅުވާލައިފިއެވެ. ގދ ތިނަދޫގައި ދިރިއުޅޭ 18-59 އުމުރުފުރައިގެ މީހުންނަށް ކޮވިޑް ވެކްސިން ފުރަތަމަ ޑޯޒްގެ ގޮތުގައި ސިނޯފާމް ވެކްސިން އާއި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން 14 އެޕްރިލް އިން ފެށިގެން ކުރިއަށް ދާނެ ކަމަށް ވެއެވެ.ވެކްސިންގެ ދެވަނަ ޑޯޒް ޖެހެނީ ފުރަތަމަ ވެކްސިން ޑޯޒް ޖެހިތާ 8 ހަފްތާ ފަހުންނެވެ.
ރަމަޟާންމަހު ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކޮވިޑް ވެކްސިން ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ދިނުމަށް އަލުން ހުޅުވާލައިފައި ވާއިރު ވެކްސިން ޖަހާދޭ ގަޑި އަށް މިވަނީ ބަދަލު ގެނެސް ފައެވެ. ތިނަދޫ އިސްލާމީ މަރުކަޒުގައި ފުރަތަމަ ޑޯޒްގެ ގޮތުގައި ސިނޯފާމް ވެކްސިން އާއި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން 14 އެޕްރިލް އިން ފެށިގެން ކުރިއަށް ދާއިރު ވެކްސިން ޖަހައިދޭ ގަޑިއަކީ ރޭގަނޑު 9:30-10:45 އަށެވެ.
ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު އައިޑީ ކާޑުގެ އިތުރުން ދާއިމީ ބައްޔަކަށް ފަރުވާކުރާ ފަރާތެއް ވާނަމަ ލިޔުންތައް ހިއްޕަވައިގެން ވަޑައިގަތުމަށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެދެއެވެ.