English Edition
Dhivehi Edition
ގދ. ފިޔޯރީ

ގދ. ފިޔޯރީގައި މިއަހަރުގެ އީދުގައި ވެސް ކުލަޖެހުން މަނާ ކޮށްފިއެވެ.

އެކައުންސިލުން ބުނީ ގާނޫން ނަމްބަރ 2010/07 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ 115 ވަނަ މާއްދާގައިވާ ގޮތުގެމަތިން ބޭއްވުނު 04 ވަނަ ދައުރުގެ ފިޔޯރީ ކައުންސިލުގެ 57 ވަނަ ޢާއްމު ޖަލްސާއިން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް މިހިނގާ 1444 ވަނަ އަހަރު ފިޠުރު ޢީދުގައި ވެސް އެއްވެސް ހަރަކާތަކާއި ގުޅުވައިގެން ކުލަ ޖެހުމަކީ މަނާކަމެއް ކަމަށެވެ.

މިފަދަ ކަންކަމަކީ މާތްވެގެންވާ އިސްލާމްދީނާއި ދުރު ހިންދޫ ދީނުގެ މީހުން ކުރަމުންދާ ކަމަކަށް ވުމާއެކު އެރަށުގެ ގިނަ ރައްޔިތުންތަކެއް ވަރަށް ބޮޑަށް ނަފްރަތު ކުރާކަމެއްކަމަށް ފާހަގަ ވެފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އީދު މުނާސަބަތުތަކާއި ގުޅިގެން ކުލަޖެހުމުގެ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމަކީ މަނާ ކަމެއްގެ ގޮތަށް ކަނޑަ އެޅުމަށް ކައުންސިލު އިއްތިފާގުން ފާސް ކޮށްފައިވާ ނިންމުމަށް ރަށުގެ ކުދި ބޮޑު އެއްމެން މިދިޔައަހަރު ވެސް އެއްބާރުލުންދެއްވި ގޮތަށް މިއަހަރު ވެސް އެއްބާލުން ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އީދާ ދިމާކޮށް ފެން ޖެހުމާއި ކުލަ ޖެހުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ޒަމާނުއްސުރެ ކުރަމުން އަންނަކަމެކެވެ.

މިކަން މާލެ އާއި އަތޮޅު ތެރޭގައި ވެސް ކުރަމުން އަންނައިރު، ފިތުރު އީދަށް ވުރެ، އަޟްހާ އީދުގައި ރާއްޖޭގެ އެކި ރަށްރަށުގައި ކުލަ ޖެހުމުގެ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ.

އެހެންނަމަވެސް މިހާރަކަށް އައިސް ބައެއް ރަށްރަށުގައި ކުލަ ޖެހުން ވަނީ ހުއްޓާލާފައެވެ.