English Edition
Dhivehi Edition

އަންނަ އަންގާރަ ދުވަހަކީ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން މިރޭ ކަނޑައަޅައިފިއެވެ.

މިކަން އިއުލާންކޮށްފައި ވަނީ މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގައި އެ މިނިސްޓްރީގެ ގަރާރަކުންނެވެ.

އެ ގަރާރުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް ހަނދު ފެނިފައި ނުވާތީ އާއި އިސްލާމީ އެއްވެސް ގައުމަކުންވެސް ހަނދު ސާބިތުވިކަން ރަސްމީގޮތުން އަންގާފައިނުވާތީ، މި ހިނގާ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިހަފްތާގެ އަންގާރަ ދުވަސް ކަމުގައި ކަނޑައަޅާ ކަމަށާއި އަދި މާދަމާ އަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ކަނޑައަޅާ ކަމުގައެވެ.