English Edition
Dhivehi Edition

މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިއަށް އޮތް ދައުރަށް އައްޑޫސިޓީގެ މޭޔަރު ކަމުގެ މަގާމު ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ހޯއްދަވައިފިއެވެ.

އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވަވާ ބޮޑު ތަފާތަކުން ނިޒާރު ވަނީ އިންތިޚާބު ކާމިޔާބު ކުރައްވަވާފައެވެ.

ނިޒާރުގެ އިތުރުން މި މަގާމަށް ދެން ވާދަ ކުރެއްވެވީ ޕީޕީއެމްގެ ޓިކެޓުގައި މުޙައްމަދު ލަތީފާއި އަމިއްލަ ގޮތުން ވާދަކުރެއްވެވި އިބްރާހިމް ތާހިރެވެ.

މި އިންތިޚާބުގައި އައްޑޫސިޓީގެ ވޯޓު ދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަދަދަކީ 25234 އެވެ.