English Edition
Dhivehi Edition
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން އައްޑޫސިޓީ އަދި ފުވައްމުލަކުގައި ހަދާ ދަނޑުތަކުގެ ސަބް ބޭސް މަސައްކަތްކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
އެއީ އައްޑޫސިޓީގެ މަރަދޫ ފުޓްބޯޅަ ދަނޑާއި ފުވައްމުލައް ސިޓީ ދޫނޑިގަން އަވަށު ފުޓްބޯޅަ ދަނޑުގެ މަސައްކަތެވެ.
މަރަދޫ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި ފަށާ 29 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،088،461 ރުފިޔާއަށެވެ.
ފުވައްމުލައް ސިޓީ ދޫނޑިގަން އަވަށު ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި ފަށާ 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،305،619 ރުފިޔާއަށެވެ.
މީގެ ިއތުރުން ލ. މާމެންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތްކުރުމަށް ވެސް އިއްޔެ ވަނީ ކުންފުންޏަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،126،703 ރުފިޔާއަށެވެ.