English Edition
Dhivehi Edition

2007 ވަނަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ކެޓްރީނާ އާއި އަކްޝޭ ކުމާރުގެ މޮޅު ހުނަރު ފެނިގެންދިޔަ ‘ނަމަސްތޭ ލަންޑަން’ އަކީ އެ އަހަރު ނިކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމަށް ލިބުނު ކާމިޔާބީގެ ސަބަބުން ވިޕުލް ޝާހް މިވަނީ މި ސިލްސިލާގެ ދެވަނަ ފިލްމެއް އުފެއްދުމަށް ތައްޔާރުވެފައެވެ.އެހެން ނަމަވެސް މި ފަހަރު ‘ނަމަސްތޭ ކެނެޑާ’ ގެ ނަމުގައި ވިޕިލް އުފެއްދުމަށް ތައްޔާރުވަމުންދާ ފިލްމުގެ ތަރިއަކީ އަކްޝޭ އެއް ނޫނެވެ.

އަރުޖުން ކަޕޫރުގެ ހުނަރު ނަމަސްތޭ ކެނެޑާއިން ދައްކާލުމަށްޓަކައި ވިޕުލް ތައްޔާރުވަމުންދާ އިރު އަރުޖުން މި ފިލްމަށް ސޮއިކުރުމުން އަކްޝޭ ހިތްހަމަނުޖެހިފައިވާ ކަމަށް ރިޕޯޓްތައް ދަނީ ބުނެމުންނެވެ. މި ވާހަކަތަކަށް އަކްޝޭގެ ފަރާތުން ޖަވާބެއް ލިބިފައިނުވާއިރު އަރުޖުން ބުނެމުންދަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމުގައެވެ. ” މި ވާހަކަ ފަތުރާފައިވާ ފަރާތުން ބުނަމުން މިދަނީ އަކްޝޭގެ ބަދަލުގައި އަހަންނަށް އެ ފިލްމު ހުށެހެޅި ވާހަކަ. އެކަމަކު އަކްޝޭގެ ބަދަލުގައެއް ނޫން އަހަރެން އެ ފިލްމަށް ހޮވާފައިވަނީ. އަހަންނަށް އަކްޝޭ ވަރަށް ރަގަޅަށް އެގޭ. އަކްޝޭ އާއި އަހަންނާއި ދެމެދު އެއްވެސް ކަހަލަ މައްސަލައެއް ނެތް. ” މީގެ އިތުރުން އަރުޖުން ބުނެފައިވަނީ އޭނައަށް އެ ފިލްމު ހުށަހެޅިއިރުވެސް ވިޕުލް އާއި އަކްޝޭ އާއި ދެމެދު ވާހަކަދެކެވި ފިލްމުގެ ކަންތައް ވަކި ގޮތަކަށް ނިމިފައިވާކަމަށެވެ. އަދި އޭނާއަށް އެ ފިލްމު ހުށަހަޅާފައިވަނީ އަކްޝޭ އާއި ވާހަކަދެއްކުމަށްފަހުގައިކަމަށް އަރުޖުން ބުންޏެވެ.

އިޝްގްޒާދޭ އިން ގިނަ ބައެއްގެ ތާއީދު ހޯދާފައިވާ އަރުޖުން ބުނެފައިވަނީ މި ފިލްމަކީ އޭނާއަށް ވަރަށް މުހިއްމު ފިލްމެއްކަމަގައެވެ