English Edition
Dhivehi Edition

ފުލުހުންގެ 88 ވަނަ އަހަރީދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކެއް ގއ ކޮނޑޭގައި ކުރިއަށްގެންގޮސްފިއެވެ.

ގއ އަތޮޅު ފުލުހުންނާއި ކޮނޑޭ ކައުންސިލް އަދި އެރަށު ރައްޔިތުން ގުޅިގެން އޭޕްރިލް 02 ވަނަ ދުވަހު ފުލުހުންގެ ދުވަސްފާހަގަކުރުމުގެ ގޮތުން ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ކޮނޑޭ ޒުވާނުންގެ ޓީމާއި ގއ އަތޮޅު ޕޮލިސްޓީމެގެ މެދުގައި ފުޓްބޯޅަ މެޗެއް ކުޅެފައިވާއިރު ގެމަނަފުށީ އަންހެނުންގެ ވޮލީޓީމާއި ކޮނޑޭ އަންހެނުންގެ ވޮލީޓީމާއި އެކު އެކުވެރިކަމުގެ ވޮލީމެޗެއްކުޅެފައިވެއެވެ.

އަދި ގޭބިސީތަކުގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ދޮށީއުމުރުފުރައިގެ މީހުންގެ އިތުރުން ކުޑަކުދިންނާއި ބައްދަލުކޮށް އެ ފަރާތްތަކަށް ހަދިޔާ ބަދަލުކޮށްފައިވެއެވެ. މީގެ އިތުރުން އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާއި ސީނިއަރ މުވައްޒަފުންނާއި އަތޮޅު ކޮމާންޑަރ ބައްދަލު ކޮށްފައިވެއެވެ.

ދުވަހުގެ ހަރަކާތްތަށް ނިންމާލުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ބާއްވައި ކޮނޑޭގެ ރައްޔިތުންގެ ފަރާތުން ފުލުހުންގެ އަހަރީދުވަހުގެ މުނާސަބަތުގައި ހަދިޔާކުރި ކޭކު ކުޑަކުދިންނާއިއެކު ފަޅާފައިވެއެވެ. އަދި އަހަރީދުވަހުގެ ލޯގޯޖަހައިފައިވާ ޓީޝާޓް ކުދިންނަށް ހަދިޔާކޮށްފައިވެއެވެ.

ކޮނޑޭ ގައި އަހަރީ ދުވަސް ފާހަގަ ކުރުމުގައި ރައްޔިތުންގެ ފަރާތުންނާއި ކޮނޑޭކައުންސިލުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ ފުލުހުންގެ ފަރާތުން ހަވާލުކޮށްފައި ވެއެވެ.